މަޤާމުގެ ޝަރުތު:
- މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ޕޯސްޓްގްރެޖުއޭޓް ޑިގްރީއެއް އޮތުމާއި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ
- މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- ދާއިރާގެ މިޑްލް މެނޭޖްމަންޓްގެ މަޤާމެއްގައި 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
- މިމަގާމަށް މީހަކު ހޮވުމުގައި، އިންސްޓިޓިއުޓް އޮފް އިންޓަރނަލް އޮޑިޓަރސް (އައި.އައި.އޭ) އަދި އައި.އެފް.އޭ.ސީ - ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓެންސީ ކޮލިފިކޭޝަނެއް ނުވަތަ އެފަދަ ގުޅުން ހުރި ކޮލިފިކޭޝަނެއް ހުރި ފަރާތެއްނަމަ އެފަރާތަކަށް އިސްކަން ދެވޭނެއެވެ.
- މީގެ އިތުރުން އަންނަނިވި ކަންކަމަށް ބެލޭޏެއެވެ:
- ކޯޕަރޭޓްގަވަނަންސައް އަހުލުވެރިވުން.
- މާލިއްޔަތު ޤާނޫނަށް ރަންގަޅަށް އަހުލުވެރިވެފައިވުން.
- ވަޒީފާގެ ޒިންމާތަކާއި ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމުމުގެ ޤާބިލްކަން.
- ތަހުލީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން.
- ފައިނޭންޝަލް އަދި މެނޭޖްމަންޓު އޮޑިޓް ކުރުމުގެ ޤާބިލުކަން.
- ރިސްކު މެނޭޖުކުރުމުގެ ޤާބިލުކަން.
- ލީޑަރޝިޕް.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމަންޓްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެކުލަވައިލައި، އެއާ އެއްގޮތަށް މޮނިޓަރިން ކުރިއަށްގެންދިއުން.
- ކުންފުނީގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓް އާއި ގުޅޭ މަސައްކަތްތަކުގައި މެނޭޖިންގ ޑިރެކްޓަރއާއި އޮޑިޓް ކޮމިޓީގެ ޗެއަރމަންއަށް ރިޕޯޓްކުރުން.
- އިންޓަރނަލް އޮޑިޓްއާއި ގުޅޭ މަސައްކަތްތަކުގައި ކުންފުނީގެ އޮޑިޓް ކޮމެޓީއަށް ބޭނުންވާ އެންމެހާ މަޢުލޫމާތު ފޯރުކޮށްދިނުން.
- ޕަބްލިކް ސަރވިސް މީޑިއާ ހިނގަމުންދާ ތަންތަނުގެ އެންމެހައި މަސައްކަތްތައް ކުރެވެމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތައްތޯ ބަލައި، އެކަންކަމުގެ ފީޑްބެކް ދިނުމާއި، ކަންކަން އިޞްލާޙުކުރުމަށް ގޮތްތަކެއް ހުށަހެޅުން.
- ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމަންޓްތަކާއި ޗެނަލްތަކުގެ އޮޑިޓް ހިންގުމަށްފަހު އިޞްލާޙުކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންތައްތައް ފާހަގަކުރުމާއި، އިޞްލާޙު ކުރަންޖެހޭކަމަށް ފާހަގަކުރެވުނު ކަންތައްތައް އިޞްލާޙުކުރެވޭތޯ ބަލައި މެނޭޖިންގ ޑިރެކްޓަރަށް ރިޕޯރޓްކުރުން
- އިޞްލާޙު ކުރަންޖެހޭކަމަށް ފާހަގަކުރެވުނު ކަންތައްތައް އިޞްލާޙުކުރެވޭތޯ ބަލައި މެނޭޖިންގ ޑިރެކްޓަރަށް ރިޕޯރޓްކުރުން.
- ބަޖެޓް ފައިސާއާއި، ޚިދުމަތްތަކާއި ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތްތައް، ކުންފުނީގައި ކަނޑައަޅައިފައިވާ ސިޔާސަތު ތާކައި އެއްގޮތަށް އަދި އޮޑިޓަރ ޖެނެރަލް ދެއްވާ ލަފާފުޅާ އެއްގޮތަށް ޢަމަލުކޮށްފައިވާ ގޮތް ބަލައި އޮޑިޓްކުރުމާއި، އޮޑިޓް ރިޕޯޓްތައް ތައްޔާރުކޮށް މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުން.
- މުވައްޒަފުންނާ ގުޅުންހުރި އެންމެހައި ކަންކަން، ޤާނޫނާއި ގަވާއިދުތަކާއި ކުންފުނީގެ ސިޔާސަތުތަކާއި އެއްގޮތައް ކުރިއަށްގެންދާ މިންވަރު ބެލުމަށް ބޭނުންވާ ކޮމްޕްލަޔަންސް އޮޑިޓް ހެދުން.
- ޕަބްލިކް ސަރވިސް މީޑިއާގެ ނަޒާހަތްތެރިކަމުގެ ސިޔާސަތުގެ 7.1 ގައި ބަޔާންކުރާ އުސޫލުގެ މަތިން މުވައްޒަފުން ހުށަހަޅާ މައްސަލަތައް، މެނޭޖިންގ ޑިރެކްޓަރ ކަނޑައަޅާގޮތެއްގެ މަތިން ތަހުޤީޤު ކުރަންޖެހޭ މައްސަލަތައް ބެލުމުގައި އެހީތެރިވުން.
- ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމަންޓްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެކުލަވައިލައި، އެއާ އެއްގޮތަށް މޮނިޓަރިން ކުރިއަށްގެންދިއުން
- އެކްސްޓާރނަލް އޮޑިޓިންގ ގައި އެފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން ދިނުމާއި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- އިންޓާރނަލް އަދި އެކްސްޓާރނަލް އޮޑިޓިންގައި ފާހަގަކުރެވޭ ކަންކަން އިސްލާޙުކުރުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލައި، ހަރުދަނާ ފޮލޯއަޕް ނިޒާމްއެއް ޤާއިމްކޮށް، އެއަށް އަމަލުކުރުން.
- މިނޫންވެސް އިންޓަރނަލް އޮޑިޓާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.gazette.gov.mv/iulaan/223568