All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.
މަޤާމް:
ޑެޕިއުޓީ މެނޭޖަރ، ޓެކްނިކަލް
ސެކްޝަން/ޑިވިޜަން:
ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން
ބޭނުންވާ ޢަދަދު:
01 (އެކެއް)
ވަޒީފާގެ ބާވަތް:
ދާއިމީ
ވަޒީފާ އަދާކުރަންޖެހޭ ތަން:
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މައި އޮފީސް
މަޤާމުގެ ޝަރުތުތައް:
ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައި ވުން އަދި 04 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ނުވަތަ އޯ ލެވެލް އަދި 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
ބީސީސީން އުފައްދާ އުފެއްދުންތަކުގެ ޕޯސްޓް ޕްރޮޑަކްޝަންއާއި ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް ރާވާ ހިންގުމާއި އުފައްދާ އުފެއްދުންތަކަށް ޓެކްނީކަލީ ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ ޓެކްނިކަލް ޑިޕާޓްމެންޓްތައް ހިންގުން.
މުސާރަ:
18،000.00 ރުފިޔާ
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
ހުށަހަޅަންޖެހޭ ލިޔުންތައް:
· ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
· ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
· ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
· ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
· ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
· ޕޮލިސް ސެޓްފިކެޓް
· ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
· ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
ސުންގަޑި
07 އޮގަސްޓް 2022 ވަނަ ދުވަހުގެ 15:00 އަށް
މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 07 އޮގަސްޓް 2022 ގެ 15:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައްjobs@bcc.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.
މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.