All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
މަގާމު: ޑިރެކްޓަރ އޮފް ނަރސިންގ މަގާމުގެ ގިންތި: ދާއިމީ މަގާމު ނަންބަރު: J-407478 ބޭނުންވާ އަދަދު: 1 މަގާމުގެ ރޭންކް: ޕަބްލިކް ސަރވިސް ރޭންކު 9 - ސްޓެޕް 1 މަގާމުގެ މުސާރަ: 19,863.00 ރުފިޔާ އެހެނިހެން އިނާޔަތްތައް: މަޤާމުގެ އެލަވަންސް: މަހަކު 11,376.00 ރުފިޔާ ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 308.00 ރުފިޔާ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:1. ނަރސިންގ ގެ ފަންނު ކުރިއަރުވައި ދިރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން. އަދި ނަރސިންގ ކެއަރ ދިނުމަށް ބޭނުންވާ ސިޔާސަތުތަކާއި، އުޞޫލުތަކާއި، ގައިޑްލައިންތަކާއި ޤައުމީ ޞިއްޙީ ޕްލޭންތައް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ ލަފާ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް އެހީތެރިވުން.
2. ސަރުކާރާއި އެހެނިހެން ގުޅުންހުރި އިދާރާތަކާއެކު ގުޅުން ބަދަހިކޮށް އެ ގުޅުން ދެމެހެއްޓުމާއި ސްޓްރެޓެޖިކް ޕާޓްނަރޝިޕްގެ ތެރެއިން ހޮސްޕިޓަލުގެ މިޝަން އަދި އޮބްޖެކްޓިވްތަކަށް ސަޕޯޓް ލިބޭނޭފަދަ ހަރަކާތްތައް އިސްކަންދޭ ތަރުތީބުން ގާއިމްކުރުމަށް އެހީތެރިވުން.
3. ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއި އަދި ނަފްސާނީ ފަރުވާދިނުމުގައި ނަރސިންގ ކެއަރގެ ޕްލޭންތައް އެހެން ޞިއްޙީ ފަންނުވެރިންނާއިއެކު ވިލަރެސްކޮށްގެން ރާވައި އެ ޕްލޭންތަކާ އެއްގޮތަށް ފަރުވާދިނުމުގެ ކަންތައްތައް އިންތިޒާމުކޮށް، ބަލިމީހާއަށް ބޭނުންވާ ނަރސިންގ ކެއަރ ދިނުމަށް ހުރިހާ ޝިފްޓަކަށް އެކަށީގެންވާ ވަރަށް ނަރުހުން ތިބިތޯ ކަށަވަރުކުރުމަށް އެހީތެރިވުން.
4. ފެންވަރު ރަނގަޅު ނަރސިންގ ޚިދުމަތްތަކެއް ދިނުމަށް ބޭނުންވާ ކަންތައްތައް ވިލަރެސްކޮށް ރާވައި ބެލެހެއްޓުމާއި ހޮސްޕިޓަލުގެ އެންމެހައި ހިދްމަތްތަކުގެ ފެންވަރު މަތިކޮށް ހިންގުމަށްޓަކައި އެހީތެރިވުން.
5. ހޮސްޕިޓަލުންދޭ ޚިދުމަތުގެ ޑިމާންޑްއަށް ރިޢާޔަތްކޮށް ނަރުހުންގެ ރިކުއަރމަންޓަށް ގެންނަންޖެހޭ ބަދަލުތަކާއި، ނަރުހުންގެ ވަޒީފާއަށް މީހުން ހޮވުމާއި ބޭނުންވާ ތަމްރީނު ދިނުމާއި، ހުރިހާ ނަރުހުންނަށް ލިބެންވާ ޢިނާޔަތްތަކާއި، ޗުއްޓީ ލިބޭތޯ ބެލުމަށް އެހީތެރިވުން.
6. ނަރސިންގގެ ދާއިރާއާ ގުޅުންހުރި ޕަރފޯމަންސް އިންޑިކޭޓަރސްގެ އަލީގައި ނަރސިންގ ސަރވިސަސް ހިނގާގޮތް މޮނިޓަރ ކުރުމާއި ކޮލިޓީ ހިފެހެއްޓުމަށް ނަރސިންގ އޯޑިޓް ފަދަ ފަންނީ އަދި ތައުލީމީ ޕްރޮގްރާމްތަކާއި އިވެލުއޭޝަން ޕްލޭންތައް ތައްޔާރުކޮށް ތަންފީޒްކުރުމަށް އެހީތެރިވެދިނުމާއި އިސްލާހުކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްލާހުކުރުން.
7. ނަރުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި އަދި ސިޔާސަތުތަކާއި އެއްގޮތަށް ޕްރޮފެޝަނަލް ސްޓޭންޑަޑްތަކަށް އިސްކަންދީގެން ނަރސިންގ ސަރވިސަސް މެނޭޖްކުރުމާއި އެހެން މުވައްޒަފުން އަހުލުވެރިކޮށް މި ފަދަ ކަންކަމަށް އަމަލުކުރޭތޯ މޮނިޓަރކުރުމުގެ މަސައްކަތްކުރުން.
8. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ނިޒާމުގައި އިސްލާހުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންކަން އިސްލާހުކުރުން.
9. ނަރުހުންގެ ޚިދުމަތްތަކާ ގުޅޭ ހަރަކާތްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ނަރސިންގ ޚިދުމަތްތަކުގެ އަގު ކަނޑައެޅުން / މުރާޖަޢާ ކުރުމަށް ކަމާބެހޭ ޑިޕާޓްމަންޓް / ފަރާތްތަކަށް ލަފާ ދިނުމަށް އެހީތެރިވުން.
10. ހޮސްޕިޓަލްގައި ޢަމަލުކުރަމުންދާ ފައިނޭންޝަލް އަދި އެޑްމިނިސްޓްރޭޓިވް ޕޮލިސީތަކާއި ޕްރޮސީޖަރތަކާ ގުޅުންހުރި ނަރސިންގ ރިޕޯޓްތަކާއި ޑޮކިއުމަންޓުތައް ވަގުތަށް ފުރިހަމަކޮށް ނެރުމުގައި އެހީތެރިވުން.
11. ނަރުސްކަމާއި ނަރުސްކަމުގެ އިޖްރާއުތަކާ ބެހޭ ދިރާސާތައްކުރުމަށް ބާރުއަޅައި އެކަން ކުރުމަށް މަގުފަހި ކުރުން.
12. މަސައްކަތު މާހައުލުގައި މުވައްޒަފުންނަށް ދިމާވެދާނެ ޞިއްޙީ މައްސަލަތައް ދުރާލާ ފޯކާސްޓް ކުރުމާއި، މިފަދަ ކަންކަމަށް އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އެހީތެރިވުން.
13. މުވައްޒަފުންގެ މޯރޭލް މަތިކުރުމާއި، ޓީމްވޯކް ދެމެހެއްޓުމާއި ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުމަށް އެހީތެރިވުން.
14. ޤައުމަށް ދިމާވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ޢަމަލުކުރުމަށް އެމަރޖެންސީ ހެލްތު ޕްލޭން ހެދުމަށާއި އެއާ އެއްގޮތަށް ޢަމަލުކުރުމަށް ނަރުހުން އަހުލުވެރިކޮށް، ތަމްރީން ދިނުމާއި، މިފަދަ ހާލަތްތަކުގައި ނަރުހުން މެނޭޖް ކުރުމުގައި އެހީތެރިވުން.
15. ނަރސިންގ ސަރވިސަސްގެ މަސައްކަތްތައް ހިންގުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ނަރސިންގ އަށް ބޭނުންވާ އެހީތެރިކަން ފޯރިކޮށްދީ ދާއިރާ ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުން.
މަގާމުގެ ޝަރުތުތައް:މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ނުވަތަ ނަރސިންގ ސްޕެޝަލިޓީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރުހުންގެ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ކްލިނިކަލް މަސައްކަތުގައި މަދުވެގެން 2 އަހަރު މަސައްކަތް ކޮށްފައިވުން.
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ނުވަތަ ނަރސިންގ ސްޕެޝަލިޓީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރުހުންގެ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ކްލިނިކަލް މަސައްކަތުގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
1. މަޤާމަށް އެދި ހުށަހަޅާނީ، ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލްގެ https://myaccount.csc.gov.mv މި ލިންކް މެދުވެރިކޮށެވެ. މި މަޤާމަށް ކުރިމަތިލުމަށް ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލްގެ "އީ-ފާސް" އެކައުންޓެއް އޮންނަންވާނެއެވެ. "އީ-ފާސް" އެކައުންޓެއް ނެތް ނަމަ "އީ-ފާސް" އެކައުންޓެއް ހަދަންވާނެއެވެ.
ނުވަތަ،
2. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އިދާރާ އަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ. މިފޯމު ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށް ނުވަތަ ހާޑު ކޮޕީ ހުށަހަޅާނަމައެވެ. ) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އޮންނާނީ، 13 ޖޫން 2025 އާއި25 ޖޫން 2025 އާއި ދެމެދު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގައެވެ.
ޝޯޓްލިސްޓުކުރުން:މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން:
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު:މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6583706 އަށެވެ. އީ-މެއިލް ކުރާނީ jobs@urh.gov.mv އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ނަރުހުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު (އިސްލާޙު 1)" (https://www.csc.gov.mv/Policy/Index/33) އިން ލިބެން ހުންނާނެއެވެ.
ހުށަހަޅަންޖެހޭ ސުންގަޑި: 00:00 12 ޖޫން 2025 1 ޖޫން 2025 5 ޛުލްޙިއްޖާ 1446