All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.
މަޤާމް:
އެޑްމިނިސްޓްރޭޓިވް އޮފިސަރ
ސެކްޝަން/ޑިވިޜަން:
-
ބޭނުންވާ ޢަދަދު:
01 (އެކެއް)
ވަޒީފާގެ ބާވަތް:
ދާއިމީ
ވަޒީފާ އަދާކުރަންޖެހޭ ތަން:
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، މާލެ
މަޤާމުގެ ޝަރުތުތައް:
ސާނަވީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަށް އަންނަ ފޯނު ކޯލުތަކާއި އީމެއިލްތަކަށް އެދުވަހުން ދުވަހަށް ޖަވާބުދާރީ ވުން
2. ބީ.ސީ.ސީ އަށް ޖެމްސް އަދި އީމެއިލް މެދުވެރިކޮށް އަންނަ އެންމެހާ ސިޓީތަށް ކަމާބެހޭ ޑިޕާރޓްމެންޓުތަކަށް ފޮނުވައި އެއަށް އެދުވަހުން ދުވަހަށް ޖަވާބުދާރީވުން
3. އޮފީހުގެ ސަޕްލައިޒް އަދި ސްޓޭޝަނަރީޒް ހަމައަށް ހުރިތޯ ބަލާ ޔަގީން ކުރުން، އަދި ސްޓޮކް މަދުވެފައި ހުރިނަމަ ޕްރޮކިއުމެންޓް ޑިޕާރޓްމެންޓް އަށް ރިކުއެސްޓް ކޮށް ހޯދުން
4. ބީ.ސީ.ސީގެ އެހެނިހެން ފަންކްޝަންތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން
5. ބީ.ސީ.ސީގެ އެންމެހާއި ޑޮކިއުމެންޓްސް އަދި ސިޓީތަށް ތަރުތީބުން ފައިލް ކޮށްފައި ބެހެއްޓުން
6. އޮފީސް މަރާމާތުކުރުމަށް ބޭނުންވާ އެންމެހާއި އެހީތެރިކަން ފޯރުކޮށްދިނުން
މުސާރަ:
10,000.00 ރުފިޔާ
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
ހުށަހަޅަންޖެހޭ ލިޔުންތައް:
· ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
· ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
· ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
· ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
· ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
· ޕޮލިސް ސެޓްފިކެޓް
· ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
· ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
ސުންގަޑި
14 ޖޫން 2022 ވަނަ ދުވަހުގެ 15:00 އަށް
މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 14 ޖޫން 2022 ގެ 15:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައްhr@bcc.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.
މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.