https://www.gazette.gov.mv/iulaan/231715
މަޤާމުގެ ޝަރުތު:
- ފައިނޭސް އެންޑް އެކައުންޓިންގ، އެކޮނޮމިކްސް، ބިޒްނަސް މެނޭޖްމެންޓް، ސޭލްސް ފަދަ ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ކުންފުންޏަށްލިބޭ އާމްދަނީ ފައިސާ ޤަވައިދުން ބަލައިގަތުން (ޕޭމެންޓް / ސޭލްސް ރިސިޕްޓް ހެދުން)؛
- ބިލިންގއަށް ލިބޭ ޑޮކިއުމެންޓްތައް އެންޓްރީކޮށް ބެލެހެއްޓުން؛
- ކުރެޑިޓަށްދެވޭ ޙިދުމަތްތަކަށާއި މަހުންމަހަށް ހަދަންޖެހޭ ބިލްތައް ޤަވާއިދުން ހަދައި ފޮނުވުން؛
- ޑޮކިއުމެންޓްތައް ފައިލްކުރުމާއި ރަސީދުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން؛
- އެމް.އެމް.އައި އިން ހިންގާ ކޯސްތަކުގެ ފީޝެޑިއުލްތައް އަޕްޑޭޓްކޮަށް ބެލެހެއްޓުން؛
- ފައިސާ ހޯދުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ކުރިއަށް ގެންދިއުން (ގުޅައިގެން ސްޓޭޓްމެންޓް ފޮނުވުން)؛
- އެސެޓް ނަންބަރ ޖެހުމާއި އިންވެންޓްރީ ބެލެހެއްޓުން.