All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
މަޤާމް
އެސިސްޓެންޓް އިލެކްޓްރިކަލް މެކޭނިކް
މަޤާމުގެ ރޭންކް
L9 – F3 (T)
ބޭނުންވާ އަދަދު
01
ވަޒީފާ އަދާ ކުރަންޖެހޭ ތަން
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
ޑިޕާޓްމަންޓް
އޮޕަރޭޝަންސް އެންޑް އިންފްރާސްޓްރަކްޗަރ މެއިންޓަނަންސް
ވަޒީފާގެ ބާވަތް
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
ރަސްމީ މަސައްކަތު ގަޑި
ހަފްތާއަކު 6 ދުވަހު - ޝިފްޓް އުސޫލުން ދުވާލަކު 8 ގަޑިއިރު
އަސާސީ މުސާރަ
-/6،400ރުފިޔާ
ސަރވިސް އެލަވަންސް
-/3،500 ރުފިޔާ
އެހެނިހެން އެލަވަންސްތައް:
· އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
· ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
· ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
· އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
· ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
· ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
· މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
މަޤާމުގެ ޝަރުތު:
· ސާނަވީ އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން "ޑީ" ގްރޭޑް ލިބިފައިވުން، ނުވަތަ
· މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
· މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަރާތަކަށްވުން.
· އިލެކްޓްރީޝަނެއްގެ ފަންނީ ޤާބިލްކަން ހުރުން (ކަރަންޓުގެ އަސާސީ އުސޫލުތައް އެނގުން، އިލެކްޓްރިކަލް ޑައިގްރަމްތައް ކިޔަން އެނގުން، މައްސަލަ ހައްލުކުރަން އެނގުން، ކަރަންޓް ސާމާނު ބޭނުންކުރަން އެނގުން، ސަލާމަތީ އުސޫލުތައް އެނގުން، އިންސްޓޯލްކުރުމާއި ބެލެހެއްޓުމާއި މަރާމާތުކުރަން އެނގުން).
· އޭސީ އަދި އިލެކްޓްރިކް މަސައްކަތުގެ ތަޖްރިބާ ހުރުން؛
· މެއިންޓަނަންސް މަސައްކަތުގެ ތަޖްރިބާ ހުރުން؛
· ދަންވަރު ގަޑި ހިމެނޭގޮތަށް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
· މަސައްކަތަށް ފަރުވާތެރި އަމާނާތްތެރި ނަޒާހަތްތެރި މީހެއްކަމުގައިވުން؛
· އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުން؛
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
· ކުންފުނީގެ ހުރިހާ ޢިމާރާތްތަކާއި އެތަންތަނާ ގުޅިފައިވާ ސަރަޙައްދުތަކުގެ ކަރަންޓް ނިޒާމަށް ދިމާވާ މައްސަލަތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ހައްލުކުރުމަށް މަސައްކަތްކުރުން؛
· ކުންފުނީގެ ޢިމާރާތްތަކުގައި ކުރެވޭ ތަފާތު މަރާމާތްތަކާ ގުޅިގެން، އަޅަންޖެހޭ ކަރަންޓް ވައިރިންގގެ މަސައްކަތް ކުރުން.
· ކުންފުނީގެ ހުރިހާ ޢިމާރާތްތަކާއި އެތަންތަނާ ގުޅިފައިވާ ސަރަޙައްދުތަކުގައި (މާލޭގައި ހުންނަ އަދި މާލެއިން ބޭރުގައި ހުންނަ ޢިމާރާތްތައް ވެސް ހިމެނޭ ގޮތަށް) ބޭނުންކުރާ ހުރިހާ އިލެކްޓްރިކް ސާމާނުތައް (މިސާލަކަށް: ބޮކި، ފަންކާ، އެއަރކޯން) ރަނގަޅަށް މަސައްކަތްކުރޭތޯ ދުވަހުން ދުވަހަށް ބަލައި ޗެކްކުރަމުން ގެންދިއުން.
· ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން އިންތިޒާމްކުރާ ހަރަކާތްތަކަށް، އޮޕަރޭޝަންސް ޑިޕާޓްމަންޓުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް މަސައްކަތްކުރުން؛
ހުށަހަޅަންޖެހޭ ލިޔުންތައް:
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
· ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
· ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
· މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
· ޕޮލިސް ރިޕޯޓް (4 މަސްނުވާ).
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
· މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
· މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
ސުންގަޑި
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 10 ޖަނަވަރީ 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ recruitment@psm.mv އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
އިތުރު މަޢްލޫމާތު:
މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000207 އަށް ގުޅުއްވުން އެދެމެވެ.