https://www.gazette.gov.mv/iulaan/230817
މަޤާމުގެ ޝަރުތު:
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް / "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ،
- މަތީސާނަވީ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރާ ކޮންޓްރޯލް/ސްޓޫޑިއޯފަދަ ތަންތަނުގެ އިކްވިޕްމަންޓްތައް ހުންނަށްޖެހޭ މިންގަޑުތަކަށް ބެލެހެއްޓުން;
- ޕީއެސްއެމްގެ ހުރިހާ ޗެނަލްތަކެއްގެ މީޑިއަމްތައް މޮނިޓަރ ކުރުން;
- މައިކްރޯވޭވް އަދި އައިޕީ ލިންކް މެދުވެރިކޮށް ގެނެސްދޭ ލައިވް އިވެންޓްތަކަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން;
- ރަށުން ބޭރުގައި ކުރެވޭ ލައިވް އިވެންޓްތަކުގެ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީ މަސައްކަތްތަކުގައި ބައިވެރިވުން;
- ދުވަހުން ދުވަހަށް މަސައްކަތް ލޮގުކުރުން.