All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
މަޤާމް
އެސިސްޓެންޓް މެނޭޖަރ – އެގްޒެކެޓިވް ސެކްރެޓޭރިއެޓް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް
މަޤާމުގެ ރޭންކް
L6 – C7
ބޭނުންވާ އަދަދު
01
ވަޒީފާ އަދާ ކުރަންޖެހޭ ތަން
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
ޑިޕާޓްމަންޓް
އެގްޒެކެޓިވް ސެކްރެޓޭރިއެޓް
ވަޒީފާގެ ބާވަތް
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
ރަސްމީ މަސައްކަތު ގަޑި
ހަފްތާއަކު 5 ދުވަހު - ދުވާލަކު 8 ގަޑިއިރު
އަސާސީ މުސާރަ
10,000/-ރުފިޔާ
ސަރވިސް އެލަވަންސް
-/3,000 ރުފިޔާ
އެހެނިހެން އެލަވަންސްތައް:
· އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
· ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ 20% އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
· ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
· އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
· ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
· ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
· މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
މަޤާމުގެ ޝަރުތު:
· މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތްކޮށްފައިވުމާއެކު ސްޕަވައިޒަރީ ލެވެލްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން؛ ނުވަތަ
· މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 7 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން؛ ނުވަތަ
· މަސައްކަތާ ގުޅޭ ދާއިރައަކުން މަދުވެގެން 8 އަހަރު ދުވަހު މަސައްކަތްކޮށްފައިވުމާއެކު ސްޕަވައިޒަރީ ލެވެލްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
· ޕަބްލިކް ރިލޭޝަންއާއި ގުޅުންހުރި ހުނަރުތައް.
· މުވާސަލާތުކުރުމުގެ ހުނަރު.
· ޒަމާނީ ޓެކްނޮލޮޖީއާއި ދާއިރާއާ ގުޅުންހުރި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިވުން.
· ލީޑަރޝިޕް ސްކިލްސް.
· އުފެއްދުންތެރިކަމުގެ ހުނަރު.
· އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޤާބިލުކަން.
· ވަޒީފާގެ ޒިންމާތަކާއި ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމުމުގެ ޤާބިލުކަން.
· ތަންޤީލީ ނަޒަރަކުން ވިސްނާ ފިކުރު ކުރުމުގެ ޤާބިލުކަން.
· އިދާރީ ހުނަރާއި މެހެމާންދާރީ ހުނަރު.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
· ކުންފުންޏަށް ލިބޭ ސިޓީތަކާއި އެހެނިހެން ރިކުއެސްޓްތައް އިސް މެނޭޖްމަންޓްގެ ހުއްދަޔާއެކު ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން؛
· އިސް މެނޭޖްމަންޓާ ގުޅޭ ދަޢުވަތުތައް އިންތިޒާމްކޮށް، އެ ދަޢުވަތުތަކަށް ރަސްމީ ޖަވާބު (އާރް.އެސް.ވީ.ޕީ) ފޮނުވުން.
· ބައްދަލުވުންތައް ޝެޑިއުލްކޮށް އިންތިޒާމްކުރުމާއި، އެ ބައްދަލުވުންތަކުގެ ނޯޓް ނަގައި ރެކޯޑްތައް ބެލެހެއްޓުން.
· އިސް މެނޭޖްމަންޓުން ހަވާލުކުރާ މަސައްކަތްތަކާއި ބައްދަލުވުންތަކުގެ ފޮލޯއަޕް ބެލެހެއްޓުން؛
· ދަތުރުފުޅުތަކުގެ އިންތިޒާމް ހަމަޖެއްސުން؛
· މެނޭޖިންގ ޑިރެކްޓަރ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ ރޫމުގެ އިންތިޒާމްތައް ހަމަޖެއްސުން؛
· އިސްމެނޭޖްމަންޓާ ބައްދަލުކުރާ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުން؛
· ބައްދަލުވުންތަކަށް ބޭނުންވާ ރިފްރެޝްމަންޓްގެ ކަންތައްތައް ހަމަޖެއްސުމުގައި އެހީތެރިވުން؛
· އެގްޒެކެޓިވް ސެކްރެޓޭރިއޭޓްގެ އިދާރީ މަސައްކަތުގައި އެހީތެރިވުން؛
· ކުންފުނީ ގެ އިންޓަރނޭޝަނަލް ރިލޭޝަންސް އަދި ޕަބްލިކް ރިލޭޝަންސްއާ ގުޅުންހުރި މަސައްކަތްތައް ކުރުން؛
· ކުންފުނީގެ ފަރާތުން ހަދަންޖެހޭ ރީޖަނަލް ކޮމިއުނިކޭޝަންތައް ތައްޔާރުކުރުމާއި، ކަމާގުޅުންހުރި ލިޔެކިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން؛
· ކުންފުންޏަށް އެކިއެކި ޕްރޮގްރާމް/އިވެންޓްތަކުގެ ރައިޓްސް ހޯދުމާބެހޭ ކޮމިއުނިކޭޝަންތައް ތައްޔާރުކޮށް، ކަމާގުޅުންހުރި ފަރާތްތަކަށް ހިއްސާކޮށް، ލިޔެކިޔުންތައް ގަވާއިދުން ބެލެހެއްޓުން؛
· ކުންފުންޏަށް އާމްދަނީ ހޯދުމަށް ބޭނުންކުރެވޭނެ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ހޯދާ، ރެވެނިއު އިތުރުކުރުމަށް އިންޓަރނޭޝަނަލް ރިލޭޝަންސްއިން ކްލައިންޓުންނާ އެކު ހަދަންޖެހޭ ކޮމިއުނިކޭޝަންތައް ތައްޔާރުކުރުން؛
· ކުންފުނީގެ ސިއްރުތައް ހިފެހެއްޓުން؛
· އިންޓަރނޭޝަނަލް ރިލޭޝަންސްއާ ގުޅޭ އެންމެހައި ކަންކަން ކުންފުނީގައި ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުން؛
· މި މަޤާމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާ ގުޅިގެން ކުރެވޭ މުހިންމު ކޮމިއުނިކޭޝަންތަކުގެ ރެކޯޑް ބަލަހައްޓައި، ފައިލްކުރަންޖެހޭ އެންމެހައި ޑޮކިއުމެންޓްތައް ގަވާއިދުން ފައިލްކުރުން؛
· ޑިޕާޓްމަންޓުގެ މުވައްޒަފަކު ސަލާމް ބުނާ ނުވަތަ ޗުއްޓީ ނަގާ ހާލަތެއްގައި، އެ މުވައްޒަފުގެ ޒިންމާގެ ދަށުގައިވާ މަސައްކަތުގެ ތެރެއިން، ޑިޕާޓްމަންޓުގެ ހިންގުމާ ހަވާލުވެ ހުރި ފަރާތުން ހަވާލުކުރާ މަސައްކަތްތައް ކުރުމާއި، މި މައުލޫމާތު ސުޕަވައިޒަރަށް ހިއްސާކުރުން؛
· ވަޒީފާއާ ގުޅިގެން ހަވާލުކުރެވޭ އެހެނިހެން ހުރިހާ މަސައްކަތްތަކެއް ކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
· ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
· ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
· މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
· ޕޮލިސް ރިޕޯޓް (4 މަސްނުވާ).
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
· މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
· މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.(
ސުންގަޑި
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 20 ޖަނަވަރީ 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ recruitment@psm.mv އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
އިތުރު މަޢްލޫމާތު:
މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000207 އަށް ގުޅުއްވުން އެދެމެވެ.