An official website of the Maldives government.

Links to official Maldives websites end with .gov.mv

All links to official websites of government agencies in the Republic of Maldives end with .gov.mv.

Government websites use the HTTPS protocol for encryption and security.

Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.

MyCareer

Published Date
5 October 2025
Expiry Date
8 October 2025
Salary
MVR 8,200 - MVR 10,200

Details

Salary and Benefits
MVR 8,200 - MVR 10,200
Job Description

މަޤާމް :

އެސިސްޓެންޓް ޕޯސްޓްމަން، ހުޅުމާލެ ޕޯސްޓް

ބޭނުންވާ އަދަދު:

01 ( އެކެއް )

މުސާރައާއި އެލަވަންސް:

1.       މުސާރަ: މަހަކު -/5200 ރުފިޔާ ( ފަސް ހާސް ދުއިސައްތަ ރުފިޔާ)

2.       ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ ( ތިންހާސް ރުފިޔާ)

3.       ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ (ސަތޭކަ ވިހި ރުފިޔާ)

4.       އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ހުޅުމާލެ ޕޯސްޓް އޮފީސް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

·         ގްރޭޑް 7ގެ ފެންވަރު ހުރުން ނުވަތަ ދާއިރާގެ ޢަމަލީ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ،

·         އަސާސީ ފެންވަރަށް ލިޔަން ކިއަން ދަތުމާއި 1އަހަރު ދުވަހުގެ ޢަމަލީ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން

މަޤާމްގެ މަސްޢޫލިއްޔަތު

·         ހުޅުމާލެއަށް ހުންނަ ސިޓީ، ޕާރސަލް ފަދަ ތަކެތި ބެހުން

·     އޮފީސްތެރޭގައި ކުރަންޖެހޭ މޭލްގެ މަސައްކަތް ކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

·         ކުރެވޭ އިންޓަރވިއުއިން ފާސްވުން

·         ހުޅުމާލޭގެތަކާއި/އެޑްރެސް އަދި މަގުތަކަށް ފަރިތަވުން

·         ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްހަތެއް ހުރި މީހަކަށްވުން

·         އަމިއްލަ ދުއްވާ އެއްޗެއްގައި މެއިލްބެހޭފަދަ މީހެއްކަމުގައިވުން

·         ބަރު ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހެއްކަމުގައިވުން

·         ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުންނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.

ރަސްމީ މަސައްކަތު ގަޑި:

·       ޑިއުޓީ އުޞޫލުން  ކަނޑައަޅާ ޝިފްޓަކަށް ދުވާލަކު 8 ގަޑިއިރު

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

1.       ވަޒީފާއަށްއެދޭ ފޯމް

2.       ވަނަވަރު (ސީވީ)

3.       އައިޑީ ކާޑުގެ ކޮޕީ

4.       ތަޢުލީމީ ސެޓްފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  

5.       ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 08 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ  14:00 ގެ ކުރިން، careers@maldivespost.com  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 08 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ  14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިންޓަވިއު:

·         އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

·         ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.

 

https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

·         މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

·         މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894 / 3315555 – 273 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                           01 އޮކްޓޯބަރ 2025

Requirements and Qualifications

Minimum Experience
Not Specified