މަޤާމުގެ ޝަރުތު:
- ޖީ.ސީ.އޯ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ،
- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ޕްރޮގްރާމް ތަކުގެ އައިޑިއަރ މެނޭޖަރުންނާއެކު ޝެއަރ ކޮށް ތަޖުރިބާ ޙިއްސާ ކުރުން.
- ޑިޕާޓްމަންޓުން ކަޑައަޅާފައިވާ އުޞޫލެއްގެ މަތިން ވީކްލީ އަދި ޑެއިލީ ޕްރޮގްރާމް ތައްޔާރުކުރުން.
- ޕީއެސްއެމްއިން އުފައްދާ ޕްރޮޑަކްޝަންސްތަކުގެ ޕްރީ ޕްރޮޑަކްޝަން، ޕްރޮޑަކްޝަން އަދި ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރުން އަދި ހަވާލުކުރެވޭ ޕްރޮޑަކްޝަންސްތައް ޑައިރެކްޓްކުރުމާއި ކޮލިޓީ ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
- ޕްރޮގްރާމް ސްކްރިޕްޓް ލިޔުމާއި ތަރުޖަމާކުރުމާއި، ސޯސަލް މީޑިއާގައި ޕްރޮގްރާމް ޕްރޮމޯޓްކުރުން އަދި އަޕްޑޭޓްކުރުން.
- ޕްރީ ޕްރޮޑަކްޝަންއިން ފެށިގެން ޕްރޮގްރާމް ނިމި އާކައިވްކުރުމާއި ހަމަޔަށް ޒިންމާނެގުމައި ކުރާ މަސައްކަތް އަމިއްލަޔަށް ލޮގް ކޮށް ބަލަހައްޓަމުން.
- ޕްރޮޑަކްޝަންތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި މަސައްކަތް ތަރައްޤީކުރުމަށް ޑިޕާޓްމަންޓުން ކަނޑައަޅާ އުސޫލެއްގެ މަތިން އެހީތެރިވެދިނުން.
މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްްދެވުމަށް
https://www.gazette.gov.mv/iulaan/221205