މަޤާމުގެ ޝަރުތު:
- ޖީ.ސީ.އޯ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ،
- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ކޮންޕިއުޓާތައް މަރާމާތުކޮށް އަލަށް ހޯދާ ސިސްޓަމަތައް ރާވާދިނުން
- ޔޫޒަރ ޓާރމިނަލްތަކަށް ބޭނުންވާ ސޮފްޓްވެއަރ އިންސްޓޯލް ކޮށްދިނުމާއި ސޮފްޓްވެއާރ އަށް ދިމާވާ އެކިއެކި މައްސަލަ ހައްލުކޮށްދިނުން
- ކޮމްޕިއުޓަރ އަދި ޕްރިންޓަރ އަދި މިކަމާގުޅުންހުރި ހާރޑްވެއަރގެ އެކިއެކި ބާވަތްތަކުގެ ޑިވައިސްތަކާ ގެޖެޓްތަކަށް ދިމާވާ މައްސަލަ ބަލައި ރަނގަޅުކުރުން
- މުވައްޒަފުންނަށް ރައްކާތެރި ކަމާއެކު ކޮންޕިއުޓަރ ސިސްޓަމްތައް ބޭނުންކުރާނެ ގޮތްކިޔާދިނުން
- ޕްރޮގްރާމްތައް އެޑިޓް ކުރަން ބޭނުންވާ ސޮފްޓްވެއަރތައް އިންސްޓޯލް ކުރުމާ ބެލެހެއްޓުމާއި ދިމާވާ މަސައްލަތައް ހައްލުކޮށްދިނުން.
- މަސައްކަތްކުރަން ގެންގުޅޭ ޓޫލްސްތަކާ، ލައިސަންސްކީ އަދި ސީރިއަލްކީ ފަދަ ތަކެތި ރައްކާތެރިކޮށް ގެންގުޅުން
- އޮފީހުގެ ސިއްރުތައް ހިފެހެއްޓުން
- ސެކްޝަންގެ އެކިއެކި ޔުނިޓްތަކާއިގުޅިގެން ކުރަންޖެހޭ މަސައްކަތް ތަކުގައި ބައިވެރިވުން.
- ޓެލެފޯން ނެޓްވޯކް ބެލެހެއްޓުން
- އަލަށް ނެޓްވޯކާ ގުޅަންބޭނުންވާ ކޮންޕިއުޓަރުތައް ނެޓްވޯކްއަށް ގުޅައިދިނުމާއި އަލަށް ނެޓްވޯކް އަޅަންޖެހޭތަނަށްއަޅައި ދިނުން
- އެކްސެސްކޮންޓްރޯލް އަދި ސީސީޓީވީ ސިސްޓަމް ގުޅައިދިނުމާއި ކޮންފިގަރ ކުރުން އަދި ބެލެހެއްޓުން.
މަަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.gazette.gov.mv/iulaan/224037