މަޤާމުގެ ޝަރުތު:
- ޖީ.ސީ.އޯ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ،
- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ކޮމްޕިއުޓާތައް މަރާމާތުކޮށް އަލަށް ހޯދާ ސިސްޓަމަތައް ރާވާދިނުން؛
- ޔޫޒަރ ޓާރމިނަލްތަކަށް ބޭނުންވާ ސޮފްޓްވެއަރ އިންސްޓޯލް ކޮށްދިނުމާއި ސޮފްޓްވެއާރ އަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށް ދިނުން؛
- ކޮމްޕިއުޓަރ އަދި ޕްރިންޓަރ އަދި މިކަމާގުޅުންހުރި ހާރޑްވެއަރގެ އެކިއެކި ބާވަތްތަކުގެ ޑިވައިސްތަކާ ގެޖެޓްތަކަށް ދިމާވާ މައްސަލަ ބަލައި ރަނގަޅުކުރުން؛
- މުވައްޒަފުންނަށް ރައްކާތެރި ކަމާއެކު ކޮންޕިއުޓަރ ސިސްޓަމްތައް ބޭނުންކުރާނެ ގޮތްކިޔައިދިނުން؛
- ޕްރޮގްރާމްތައް އެޑިޓްކުރަން ބޭނުންވާ ސޮފްޓްވެއަރތައް އިންސްޓޯލް ކުރުމާ ބެލެހެއްޓުމާއި ދިމާވާ މަސައްލަތައް ހައްލުކޮށްދިނުން؛
- މަސައްކަތްކުރަން ގެންގުޅޭ ޓޫލްސްތަކާ، ލައިސަންސްކީ އަދި ސީރިއަލްކީ ފަދަ ތަކެތި ރައްކާތެރިކޮށް ގެންގުޅުން؛
- އޮފީހުގެ ސިއްރުތައް ހިފެހެއްޓުން؛
- ސެކްޝަންގެ އެކިއެކި ޔުނިޓްތަކާއިގުޅިގެން ކުރަންޖެހޭ މަސައްކަތް ތަކުގައި ބައިވެރިވުން؛
- ޓެލެފޯން ނެޓްވޯކް ބެލެހެއްޓުން؛
- އަލަށް ނެޓްވޯކާ ގުޅަން ބޭނުންވާ ކޮންޕިއުޓަރުތައް ނެޓްވޯކްއަށް ގުޅައިދިނުމާއި އަލަށް ނެޓްވޯކް އަޅަންޖެހޭ ތަންތަނަށް އަޅައިދިނުން؛
- އެކްސެސްކޮންޓްރޯލް އަދި ސީސީޓީވީ ސިސްޓަމް ގުޅައިދިނުމާއި ކޮންފިގަރ ކުރުން އަދި ބެލެހެއްޓުން؛
މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.gazette.gov.mv/iulaan/227748