All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަންނަނިވި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް އަދި މުސާރައާއި އިނާޔަތްތައް ތިރީގައި އެވަނީއެވެ.
މަޤާމު:
އެގްޒާމް އޮޕަރޭޝަންސް މެނޭޖަރ
ބޭނުންވާ ޢަދަދު
1
މުއްދަތު:
1 އަހަރު (މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.)
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
ދިވެހިރާއްޖޭގެ ބާ ކައުންސިލް
ވަޒީފާގެ ދާއިރާ
ބާ އެޑްމިޝަން – ބާ އެގްޒާމް
މުސާރައާއި އިނާޔަތް:
(ބޭސިކް ޓޭކް-ހޯމް ޕޭ)
-/17,975 ރުފިޔާ
މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:
- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
އަސާސީ ޝަރުޠުތައް:
- ދިވެހިރައްޔިތެއް ކަމުގައިވުން؛
- ނޫނީ ދާއިރާ، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ސަނަދެއް ހާސިލްކޮށްފައިވުން
- މެނޭޖްމަންޓް، ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން 3 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ އަދި
- އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ އެ ނޫންވެސް އިދާރާއަކަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން
މަޤާމުގެ މަސްއޫލިއްޔަތުތައް:
1. އިމްތިޙާނުގެ އެނުއަލް ވަރކް ޕްލޭންއާ އެއްގޮތަށް އިމްތިޙާނުގެ އޮޕަރޭޝަނަލް އެންމެހާ މަސައްކަތެއް ފުރިހަމަކުރެވެމުންދާކަން ކަށަވަރު ކުރުން؛
2. އިމްތިޙާނަށް ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުމާއި، އިމްތިޙާނާ ގުޅޭ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުމާއި، ކަމާބެހޭ އެންމެހާ ލިޔެކިއުމާ ރެކޯޑުތައް ބެލެހެއްޓުން؛
3. އިމްތިޙާނާ ގުޅިގެން އެކުލަވާލަންޖެހޭ އެންމެހާ ތަމްރީނުތައް ތަންފީޒުކުރުމަށް ބޭނުންވާ އިދާރީ ކަންކަން ހަމަޖައްސައި ކަމާބެހޭ ލިޔެކިއުން ބެލެހެއްޓުން؛
4. އިމްތިޙާނުގެ އިމްޕްލިމެންޓޭޝަން ކަށަވަރުކުރުމަށް އެކުލަވާލެވޭ ކޮމިޓީތަކާއި، ޕެނަލް އަދި އެސެސްމަންޓް ބޯޑުގެ ސެކްރެޓޭރިއަޓް ބަލަހައްޓައި، އިދާރީ އެންމެހާ ކަންކަން ބެލެހެއްޓުން؛
5. އިމްތިޙާނުގެ އިމްޕްލިމެންޓޭޝަންގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކާއެކު އެކަށީގެންވާ ޕްރޮފެޝަލް ގުޅުންތައް ޤާއިމުކޮށް، މަސައްކަތަށް ފަހި މާހައުލެއް އުފެއްދުން؛
6. ބާ އިމްތިޙާނުގެ ލިޔެކިޔުން ބެލެހެއްޓުމަށް ބޭނުންވާ ފިޒިކަލް އަދި ޓެކްނޮލޮޖީ އާ ގުޅޭ ކަންކަން ޤާއިމުކޮށް، ލިޔެކިޔުން ހައި-ސެކިޔުރިޓީގައި ބަލަހައްޓައި، އިމްތިޙާނާބެހޭ ފެސިލިޓީތަކާ މަރުކަޒުތައް ބެލެހެއްޓުން؛
7. ބާ އިމްތިހާނު އޮންނަ ދުވަހުގެ ލޮޖިސްޓިކްސް އާއި އެޑްމިނިސްޓްރޭޝަންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި ޓެސްޓު އެޑްމިނިސްޓަރކުރުމުގެ ކަންކަން ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުން؛
8. ބާ އިމްތިހާނުގެ އެފިޝަންސީ އާއި ސެކިއުރިޓީ އިތުރުކުރުމަށް ޓެކްނޮލޮޖީ ސޮލިއުޝަންތައް ހޯދުމާއި ތަންފީޒުކުރުން؛
9. ބާ އިމްތިހާނަށް ރަޖިސްޓަރކުރުމުގެ ކަންކަން ބަލަހައްޓައި ރަޖިސްޓަރީ ވާ ފަރާތްތަކަށް ފޮނުވަންޖެހޭ މުވާސަލާތުތައް ބަލަހައްޓައި، ބައިވެރިންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުން؛
10. ބާ އިމްތިޙާނު ފުރިހަމަކުރާ ފަރާތްތަކުގެ ރެކޯޑު ބަލަހައްޓައި، އެފަރާތްތަކަށް ދޫކުރަންޖެހޭ ލިޔެކިއުން ދޫކުރުމާއެކު ބާ އެޑްމިޝަން އަށް ބޭނުންވާ މަޢުލޫމާތުތައް ކަމާބެހޭ ސެކްޝަން/ޔުނިޓުތަކާއެކު ޙިއްސާކުރުން؛
11. ބާ އިމްތިޙާނާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ބާ ކައުންސިލުގެ ވެބްސައިޓު، އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ޢާންމުކުރުން؛
12. ބާ އިމްތިޙާނާ ގުޅިގެން އެކުލަވައިލަންޖެހޭ މަޢުލޫމާތުތައް އެއްކޮށް، މީޑިއާއަށް ދޭންޖެހޭ މަޢުލޫމާތުތައް ތައްޔާރުކުރުން؛
13. މަތީގައިވާ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ ޕްރޮސީޖަރުތައް އެކުލަވައިލުމާއި މުވައްޒަފުން ޕްރޮސީޖަރަށް ޢަމަލުކުރާކަން ކަށަވަރުކުރުން؛ އަދި
14. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު.
2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް).
3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
4. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ.
5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.
6. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.)
7. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
އިތުރު މަޢުލޫމާތު
- މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.
- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްކްރީންކުރުމުގެ މަރުޙަލާ (ޓެސްޓު/ އިންޓަވިޔު/ ޕްރެޒެންޓޭޝަން)އަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޓެސްޓެއް ހަދަންޖެހޭނަމަ ނުވަތަ ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، އެކަމާ ގުޅޭ މަޢުލޫމާތު ޝޯޓްލިސްޓްވާ ފަރާތްތަކަށް އީ-މެއިލް މެދުވެރިކޮށް އަންގާނެއެވެ.
- ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.
- މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ.
ސުންގަޑި:
22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00ގެ ކުރިން
މަޤާމަށް އެދެންވީ ގޮތް:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.
humanresources@maldivesbarcouncil.org
އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.