މަޤާމުގެ ޝަރުތު:
- އެކައުންޓިންގ، ހިއުމަން ރިސޯސަސް ފަދަ ދާއިރާއަކުން ޑިޕްލޮމާ އެއް އޮތުމާއެކު ދާއިރާއިން 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. (ނުވަތަ)
- ޖީސީ އޭ ލެވެލްއިން 4 މާއްދާއިން ފާސްވެފައިވުމާއެކު، 6 އަހަރުގެ ތަޖްރިބާ ލިބިފައިވުން. (ނުވަތަ)
- ދާއިރާއިން 8 އަހަރުގެ ތަޖްރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މިމަގާމަށް މީހަކު ހޮވުމުގައި ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ މިންވަރަށާއި، މައިކްރޯސޮފްޓް އެކްސެލް ބޭނުންކުރަން ރަނގަޅަށް އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ދުވަހުން ދުވަހަށް، ހަފްތާއަކު އެއްފަހަރު، އަދި މަހުން މަހަށް މުވައްޒަފުންގެ ޓައިމްޝީޓް އެއްކުރުން.
- މުވައްޒަފުންގެ މަސައްކަތު ގަޑި ހިސާބުކުރުން.
- މުވައްޒަފުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކާއި އުނިކުރާ ފައިސާގެ ކަންކަން ހިސާބުކުރުން.
- ޕޭރޯލް ސޮފްޓްވެއަރ ބޭނުންކޮށްގެން މުވައްޒަފުންގެ އުޖޫރަ، ޗެކްކޮށް ތައްޔާރުކުރުން.
- މުސާރައާއި އިނާޔަތްތައް ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުތަކަށް ފެތޭކަން ކަށަވަރުކުރުން.
- ޕޭރޯލް ރިޕޯޓް ތައްޔާރުކުރުން.
- ޕޭމަންޓް ސްޓޭޓްމަންޓްތައް ތައްޔާރުކުރުމާއި އެނަލިސިސް ރިޕޯޓް ތައްޔާރުކުރުން.
- މުސާރަ އާއި އިނާޔަތްތަކާ ގުޅޭގޮތުން މުވައްޒަފުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވުން.
- ކުންފުނީގެ ޑޭޓާބޭސްއަށް މުވައްޒަފުންގެ އާ ޑޭޓާތައް އެންޓަރކޮށް ބެލެހެއްޓުން.
- މުވައްޒަފުން ބައިވެރިވާ ސްކީމްތަކުގެ މަސައްކަތްކުރުމާއި ޕެންޝަނާބެހޭ މަސައްކަތް ކުރުން.
- މީގެ އިތުރުންވެސް ހިއުމަން ރިސޯސްއާގުޅޭ މަސައްކަތްތައް ކުރުން.
މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް
https://www.gazette.gov.mv/iulaan/223538