An official website of the Maldives government.

Links to official Maldives websites end with .gov.mv

All links to official websites of government agencies in the Republic of Maldives end with .gov.mv.

Government websites use the HTTPS protocol for encryption and security.

Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.

MyCareer

Published Date
8 February 2023
Expiry Date
22 February 2023
މުސާރަ
MVR 6,950+ (Negotiable)
ހުސް ވަޒީފާތައް
1
ޖަމިއްޔާ
Male'

ތަފްސީލް

މުސާރައާއި އިނާޔަތްތައް
MVR 6,950+ (Negotiable)
ސަރވިސް އެލަވަންސް-/2,520 ރުފިޔާ
އެހެނިހެން އެލަވަންސްތައް:

އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.1
ވަޒީފާގެ ތަފްސީލް

މަޤާމުގެ ޝަރުތު:

  • އެކައުންޓިންގ، ހިއުމަން ރިސޯސަސް ފަދަ ދާއިރާއަކުން ޑިޕްލޮމާ އެއް އޮތުމާއެކު ދާއިރާއިން 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. (ނުވަތަ)
  • ޖީސީ އޭ ލެވެލްއިން 4 މާއްދާއިން ފާސްވެފައިވުމާއެކު، 6 އަހަރުގެ ތަޖްރިބާ ލިބިފައިވުން. (ނުވަތަ)
  • ދާއިރާއިން 8 އަހަރުގެ ތަޖްރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް މީހަކު ހޮވުމުގައި ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ މިންވަރަށާއި، މައިކްރޯސޮފްޓް އެކްސެލް ބޭނުންކުރަން ރަނގަޅަށް އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދުވަހުން ދުވަހަށް، ހަފްތާއަކު އެއްފަހަރު، އަދި މަހުން މަހަށް މުވައްޒަފުންގެ ޓައިމްޝީޓް އެއްކުރުން.
  • މުވައްޒަފުންގެ މަސައްކަތު ގަޑި ހިސާބުކުރުން.
  • މުވައްޒަފުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކާއި އުނިކުރާ ފައިސާގެ ކަންކަން ހިސާބުކުރުން.
  • ޕޭރޯލް ސޮފްޓްވެއަރ ބޭނުންކޮށްގެން މުވައްޒަފުންގެ އުޖޫރަ، ޗެކްކޮށް ތައްޔާރުކުރުން.
  • މުސާރައާއި އިނާޔަތްތައް ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުތަކަށް ފެތޭކަން ކަށަވަރުކުރުން.
  • ޕޭރޯލް ރިޕޯޓް ތައްޔާރުކުރުން.
  • ޕޭމަންޓް ސްޓޭޓްމަންޓްތައް ތައްޔާރުކުރުމާއި އެނަލިސިސް ރިޕޯޓް ތައްޔާރުކުރުން.
  • މުސާރަ އާއި އިނާޔަތްތަކާ ގުޅޭގޮތުން މުވައްޒަފުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވުން.
  • ކުންފުނީގެ ޑޭޓާބޭސްއަށް މުވައްޒަފުންގެ އާ ޑޭޓާތައް އެންޓަރކޮށް ބެލެހެއްޓުން.
  • މުވައްޒަފުން ބައިވެރިވާ ސްކީމްތަކުގެ މަސައްކަތްކުރުމާއި ޕެންޝަނާބެހޭ މަސައްކަތް ކުރުން.
  • މީގެ އިތުރުންވެސް ހިއުމަން ރިސޯސްއާގުޅޭ މަސައްކަތްތައް ކުރުން.

މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް

https://www.gazette.gov.mv/iulaan/227747

 

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް

ލިޔެކިޔުންތައް
  • ހުށަހަ�
  • ަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގު�
  • ޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • - އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • - އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • - ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.