https://gazette.gov.mv/iulaan/192352
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- މުވައްޒަފުންގެ ހާޒިރީ، ޗުއްޓީ އަދި ރިލީސްއާއި ގުޅިގެން ހުށަހަޅާ ފޯމް، ސެޓްފިކެޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް އަދި ލިޔުންތައް ގަވައިދުން ހުށަހަޅާފައިވޭތޯ ޗެކްކޮށް އެޗް.އާރް ސިސްޓަމަށް އެންޓަރކުރުން.
- ޗުއްޓީއަށް އެދޭ މުވައްޒަފުންގެ ޗުއްޓީ ޗިޓް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް މުވައްޒަފުންގެ އެންމެހާ ޗުއްޓީތަކާއި ބެހޭ މަސައްކަތްކޮށް، ތައްޔާރު ކުރަންޖެހޭ ލިޔުންތަކާއި ލިސްޓުތައް ތައްޔާރުކޮށް ރިކޯޑް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ސްޓާފް އައި.ޑީ ކާޑް އަދި އެހެނިހެން ވަގުތީ މުވައްޒަފުންގެ ކާޑުތަކުގެ މަސައްކަތާއި ފިންގަރޕްރިންޓްގެ މަސައްކަތް ކުރުމާއި ކޮންމެ މަހެއްގެ މުސާރަދިނުމަށް ބޭނުންވާ ހާޒިރީ ރިޕޯޓް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ޕޭރޯލް މަސައްކަތް ކުރާ މުވައްޒަފުންނާ ހަވާލުކުރުން.
- ކޮންމެ މަހެއްގެ ޕޭރޯލް ރިޕޯޓުން ހާޒިރީގެ މަައްސަލަތައް ހުރި މުވައްޒަފުންގެ ހާޒިރީކަންތައް ހައްލުކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް އުސޫލުން އެޅުމާއި ކަމާއި ބެހޭ ޑިޕާޓްމަންޓްތަކަށް ފޮނުވަންޖެހޭ މައްސަލަތަށް ފޮނުވާ އެކަން ކުރޭތޯބަލާ އޭގެ އަޕްޑޭޓްސް ސުޕަވައިޒަރާއި ހިއްސާކުރުން.
- ހާޒިރީ އަދި ޗުއްޓީ ފަދަ ކަންކަމާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓުތަކާއި ސްޓެޓިސްޓިކްސްތައް ގަވާއިދުން ތާއްޔާރުކުރުން ދިވެހި ސިވިލް ސާރވިސް ވިއުގާ އަށް އަޅަންޖެހޭ ލިޔުންތައް ގަވައިދުން އެންޓަރ ކުރުމާއި އަދާހަމަކުރުން.
- ހޮސްޕިޓަލަށް ބޭނުންވާ އެކިއެކި މަގާމްތަކަށް އިއުލާނު ކުރުމާއި އިންޓަރވިއުގެ އެންމެހައި މަސައްކަތް ކުރުން.
- ދިވެހި ސިވިލް ސަރވިސް ވިއުގާ އަށް ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް ކުރުން.
- ވަޒީފާ ދެއްވާ، ވަކިކުރާ އަދި ބަދަލުވާ މުވައްޒަފުންގެ މައުލޫމާތު ސެޕް ސިސްޓަމަށް ގަވައިދާ އެއްގޮތަށް އެޅުމާއި ފިނޭންސް ޑިޕާޓްމަންޓަށް ހިއްސާކުރަންޖެހޭ މައުލޫމާތުތައް ހިއްސާކުރުން.
- މުވައްޒަފުންގެ ވަޒީފާގެ ބަޔާން ތައްޔާރުކުރުމަށްޓަކައި ގުޅުންހުރި ޑިޕާޓްމަންޓްތަކުން މައުލޫމާތު ހޯދުމާއި ވަޒީފާގެ ބަޔާންތައް ތައްޔާރުކޮށް ގަވައިދުން އަޕްޑޭޓްކޮށް މުވައްޒަފުންނަށް ހަވާލު ކުރުން..
- ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ ރެޖިސްޓްރީ ބެލެހެއްޓުމާއި ކޮންޓްރެކްޓް އައު ކުރަންޖެހޭ މުވައްޒަފުންގެ ކޮންޓްރެކްޓް ގަވައިދާ އެއްގޮތަށް އައުކުރުން.
މަޤާމުގެ ޝަރުޠުތައް:
މަގާމަށް ކަނޑައަޅާފައިވާ ޝަރުތު:
ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.
މަގާމުގެ ތައުލީމީ ރޮނގުތައް:
ބިޒްނަސް އެޑްމިނިސްޓްރޭޝަން
ބިޒްނަސް މެނޭޖްމަންޓް
ހިއުމަން ރިސޯސް މެނޭޖްމަންޓް
ޕަބްލިކް އެޑްމިނިސްޓްރޭޝަން
މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:
ނެތް
މަގާމުގެ ކޯ ޑިސިޕްލިން:
ހިއުމަން ރިސޯސް މެނޭޖްމަންޓް
މަގާމުގެ މަސައްކަތުގެ ދާއިރާތައް:
ހިއުމަން ރިސޯސް
(ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓްދެވޭނެއެވެ.