All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
މަޤާމް ނަމްބަރު:
J-321721
ބޭނުންވާ އަދަދު:
1
މަޤާމުގެ ގިންތި:
ދާއިމީ
މަޤާމުގެ ރޭންކް:
އެމް. އެސް. 2
މަޤާމުގެ ކްލެސިފިކޭޝަން:
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
ވަޒީފާ އަދާކުރަން ޖެހޭ ތަން:
އިންސްޕެކްޓަރޭޓް ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
މުސާރަ:
-/6295 ރުފިޔާ
ސަރވިސް އެލަވަންސް:
-/2000 ރުފިޔާ
އެހެނިހެން އެލެވަންސް:
1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ
2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35
3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
5. ޓެކްނިކަލް ކޯ އެލަވެންސް: އަސާސީ މުސާރައިގެ %28
ނޯޓު: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ އިކޮނޮމިކްސް/އިކޮނޮމެޓްރިކްސްގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި /-900 ރުފިޔާ ލިބޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. މިނިސްޓްރީއިން ހުއްދަދޭ ވިޔަފާރިތަކާ ރެގިއުލޭޓް ކުރަންޖެހޭ ވިޔަފާރިތަކުގެ އިންސްޕެކްޝަންތައް ކުރުން
2. މިމިނިސްޓްރީއިން ހުއްދަދޭ ވިޔަފާރިތަކާއި، ވިޔަފާރިކުރާ ތަންތަނާއި ޚިދުމަތްދޭ ތަންތަން، މުދައު ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ޢަމަލްކުރަންޖެހޭ ކަންކަމަށް ޢަމަލް ކުރަމުން ގެންދޭތޯ ބެލުމަށް އިންސްޕެކްޓް ކުރުން.
3. ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީ ފަރާތްތަކަށް ދޫކުރެވޭ ހުއްދަތަކާއި ގުޅިގެން ކުރަންޖެހޭ އިންސްޕެކްޝަންގެ މަސައްކަތްތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ދިރިއުޅޭ ތަންތަން މޮނިޓަރކުރުމަށް ކުރަންޖެހޭ އިންސްޕެކްޝަންތައް ކުރުމާއި ބިދޭސީންނާއި ގުޅިގެން ކުރަންޖެހޭ އެންމެހާ އިންސްޕެކްޝަންތައް ސުޕަވައިޒަރގެ ލަފާޔާއިއެކު ކުރުން.
4. ބާޒާރުގެ އަގުތައް މޮނިޓަރ ކުރަން ޖެހިއްޖެ ހިދެއްގައި މިނިސްޓްރީން ކަނޑައަޅާ މުދަލުގެ އަގުތައް ނެގުމުގެ މަސައްކަތްކުރުން
5. މިނިސްޓްރީއަށް ހުށަހެޅޭ ކޮންސިއުމަރ މައްސަލަތަކާއި ގުޅިގެން ވިޔަފާރިކުރާ ތަންތަން އިންސްޕެކްޓް ކުރަން ޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީއިން ކަޑައަޅާ އުޞޫލުތަކެއްގެ މަތިން އެ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރުން
6. އެމްޕްލޯއިމަންޓް އެޖެންސީތައް ހިންގަނީ އެމްޕްލޮއިމަންޓް އެޖެންސީ ރެގިއުލޭޝަނާއި އެއްގޮތަށްތޯ ބެލުމަށް ކުރަންޖެހޭ އިންސްޕެކްޝަންތައް ކުރުން
7. މިނިސްޓްރީގެ އިންސްޕެކްޓޮރޭޓް ސެކްޝަނުން އިންސްޕެކްޝަންތައް ހިންގުމަށް ތައްޔާރުކޮށްފައިވާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ ތައްޔާރުކުރުމުގައި ސުޕަވައިޒަރަށް އެހީތެރިވުމާ އެސް.އޯ.ޕީތަކާއި އެއްގޮތަށް އިންސްޕެކްޝަންތައް ކުރިޔަށް ގެންދިއުމާއި އިންސްޕެކްޝަންތަކުގެ މަޢުލޫމާތު ހިމެނޭ ރިޕޯރޓްތައް ސިސްޓަމަށް އަޅާ ޤަވާޢިދުން އަޕްޑޭޓްކުރުން