ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.
މަޤާމް:
ޖޮބް ސެންޓަރ އޮފިސަރ، ލ.ގަން
ބޭނުންވާ ޢަދަދު:
02 (ދޭއް)
ވަޒީފާގެ ބާވަތް:
ކޮންޓްރެކްޓް
ވަޒީފާގެ މުއްދަތު:
1 އަހަރު
ވަޒީފާ އަދާކުރަންޖެހޭ ތަން:
ޖޮބް ސެންޓަރ ލ.ގަން
މަޤާމުގެ ޝަރުތުތައް:
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން
މުސާރަ:
7،035.00 ރުފިޔާ
ސަޕޯރޓް ކޯ އެލަވަންސް:
900.00 ރުފިޔާ
ސަރވިސް އެލަވަންސް:
2،000.00 ރުފިޔާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ވަޒީފާ ދޭފަރާތްތަކާއި، ދިވެހިންކުރެ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތަކާއި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހި ކުރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހިންގުމުގައި އިސްނަގައިގެން މަސައްކަތްތައް ކުރުން.
- ޖޮބް ސެންޓަރ ގެ ވެބްސައިޓް ބެލެހެއްޓުން އަދި ލިބޭ އެޕްލިކޭޝަން ޑޭޓާބޭސް ބެލެހެއްޓުން އަދި އެޕްލިކޭޝަންއާ ގުޅިގެން ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުން
- މަސައްކަތް ކުރާ އުމުރުފުރައިގެ ދިވެހިންގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން މަސައްކަތަށް އަޙުލުވެރިކުރުވުމަށްޓަކައި ޕްރޮގްރާމްތައް ރާވައި ހިންގުމުގެ މަސައްކަތްތައް ކުރުން.
- މަސައްކަތް ކުރާ އުމުރުފުރައިގެ ދިވެހިންނަށް މަސައްކަތުގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން
- 5. ހިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތަކީ އެފަރާތްތަކުން ބަލައިގަނެވޭފަދަ އަދި ހިތްހަމަޖެހޭގޮތަށް ފޯރުކޮށްދެވުނު ހިދްމަތަކަށް ހެދުމަށް މަސައްކަތްކުރުން.
- ވަޒިފާ ހޯދާ ފަރާތްކަށް ވަޒީފާއެއް ހޯދުމަތް ޖޮބް ސެންޓރގެ ވެބް ސައިޓް މެދުވެރިކޮށް އެހީތެރިވެދިނުން.
- ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ހަވާލު ކުރާ އެހެނިހެން މަސައްކަތް