All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
އިޢުލާނު
މަޤާމު:
ކެމްޕަސް އެސިސްޓެންޓް
މަޤާމުގެ ނަންބަރު:
މަސައްކަތު އަދި ސެކިއުރިޓީ
ބޭނުންވާ އަދަދު:
1
މަޤާމުގެ ގިންތި:
ކޮންޓްރެކްޓް
މަޤާމުގެ މުއްދަތު:
12 މަސް (އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ޖެހިއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވޭނެއެވެ.)
މަޤާމުގެ ކްލެސިފިކޭޝަން:
-
ވަޒީފާ އަދާކުރަން ޖެހޭ ތަން:
ރ.އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް (ރ. އަލިފުށި)
ސެކްޝަން:
މުސާރަ:
-/3470 ރުފިޔާ
ސަރވިސް އެލަވަންސް:
-/1000 ރުފިޔާ
އެހެނިހެން އެލަވަންސް:
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
މަސައްކަތުމީހެއްގެ ހައިޞިއްޔަތުން:
1- އިންސްޓިޓިއުޓްގެ ޢިމާރާތްތަކާއި، ކްލާސްރޫމްތައް، ގޯތިތެރެ އަދި މަގުތައް ކުނިކަހާ ފޮޅާ ސަފުކުރުން
2- ބަހަންޖެހޭ ސިޓީ ނޯޓް، ކާޑްފަދަ ތަކެތި ބެހުމާއި / އޯޑަރ ފޯމް ތަކަށް މުދާ ނެގުމަށް އިންސްޓިޓިއުޓުން އަންގާ ގޮތެއްގެ މަތިން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ކުރުން.
3- އިންސްޓިޓިއުޓުން އަންގާ ގޮތެއްގެ މަތިން، މުވައްޒަފުން ތިބޭބައިތައް ކުނިކަހާ ފޮޅާ ސާފުކުރުމާއި ފާޚާނާތަކާއި، ސައިކޮޓަރި ސާފުކުރުން.
4- އިންސްޓިޓިއުޓްގެ އެކިއެކި ބައްދަލުވުން ތަކަށް ހޯލްގައާއި ކްލާސްރުމްތަކުގައި ގޮނޑިޖެހުމާއި ތައްޔާރުކުރުން.
5- ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ހުޅުވަންޖެހޭ ކްލާސްރޫމްތަކާއި ލެބް ފަދަ ތަންތަން ހުޅުވާ ލެއްޕުމާއި ފޮޅާ ސާފުކުރުން.
6- އިމާރާތުގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ފަރުނީޗަރާއި، ކޮމްޕިއުޓަރާއި އެހެނިހެން އިކްވިޕްމެންޓްތައް ގެންދިއުން.
7- ކްލާސްރޫމްތަކާއި، އިމްތިޙާނުތަކާއި އަދި ސެމިނާރ ފަދަކަންކަން ހިންގުމަށް ބޭނުންވާ ތަންތަން އެކަމަކާ ހަވާލުވެހުންނެވި މުވައްޒަފެއްގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުން.
8- އެކިއެކި ބައްދަލު ވުންތަކަށް ބޭނުންވާތަކެތި ގަންނަން ދިއުމާއި ސައި ތައްޔާރު ކުރުން.
9- ދެވޭ އިރުޝާދުތަކާ އެއްގޮތަށް ބަރާބަރަށް ކަންކަން ކުރަން އެނގުން.
ސެކިއުރިޓީ ބެލެހެއްޓުން:
1- ކަނޑައެޅިފައިވާ ޑިއުޓީ ޝެޑިއުލާއި އެއްގޮތަށް ޑިއުޓީ ބެލެހެއްޓުން
2- އިންސްޓިޓިއުޓް ތަޅުލެވިފައި ހުންނަ ތަންތަނުގެ ތަޅުދަނޑިތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން
3- އިންސްޓިޓިއުޓުން އަންގާ އުސޫލަކުން ތަންތަން ހުޅުވާ ތަޅުލުމަކީ ސެކިއުރިޓީ އޮފިސަރުގެ ޒިންމާއެކެވެ.
4- އިންސްޓިޓިއުޓް ސަރަހައްދަށް ވަންނަނީ އިންސްޓިޓިއުޓުން ހުއްދަދީފައިވާ މުވައްޒަފުންނާއި ދަރިވަރުންކަން ކަށަވަރުކުރުން. މީގެ ތެރޭގައި އެކިއެކި ކަންކަމުގައި އިންސްޓިޓިއުޓް އޮފީހަށް އަންނަ މީހުން އިސްތިސްނާކުރެވޭނެއެވެ.
5- އެދުވަހެއްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ދަންފަޅީގެ ޑިއުޓީގައި މަދުވެގެން ކޮންމެ ގަޑިއަކު އެއްފަހަރު އިންސްޓިޓިއުޓް ގޯތިތެރެއާއި ޢިމާރާތްތަކާއި ވަށައިގެންވާ މަގުފާރު ޗެކްކޮށް އާދަޔާއި ޚިލާފުކަމެއް ފާހަގަކުރެވޭނަމަ އެކަންރެކޯޑްފޮތުގައި ލޮގްކޮށް، ވަގުތުން ފިޔަވަޅުއަޅަންޖެހޭ ކަމެއްނަމަ ކަމާބެހޭ ފަރާތްތަކަށް ވަގުތުން އަންގައިގެން މައްސަލަ ޙައްލުކޮށް އެކަންވެސް ރެކޯޑްފޮތުގައި ލޮގްކުރުން.
6- ޑިއުޓީ ގަޑީގައި ޢިމާރާތް ދޫކޮށް ނުދިޔުން.
7- ހެނދުނު 06:00ގައި ދިދަނަގާ އަދި ހަވީރު 06:00 ގައި ދިދަ ތިރިކުރަންވާނެއެވެ.
8- ޑިއުޓީގައި ހުންނަ ވޮޗަރަކު ގޯތިތެރޭގެ ބަގީޗާތަކަށް ހެނދުނާއި ހަވީރު ފެންދީ، ބަގީޗާގެ ކަންތައްތައް ބެލެހެއްޓުން
9- ޑިއުޓީއަށް ނުކުމެ ބަންދު ކުރަންޖެހޭ ތަންތަންހުރީ ބަންދުކޮށްފައިތޯ ޑިއުޓީ އޮފިސަރު ޗެކްކުރަންވާނެއެވެ. އަދި ރޭގަނޑު 10ގެ ފަހުން ކުލާސްތައް ތަޅުލައި ބެހެއްޓުމަކީ ސެކިއުރިޓީ އޮފިސަރުގެ ޒިންމާއެކެވެ.
10- އިންސްޓިޓިއުޓުގެ އެއްވެސް މުދަލަކަށް މުވައްޒަފުގެ އިހުމާލުން ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ އެޒިންމާ ސެކިއުރިޓީ ބަލަހައްޓަން ހަވާލުވި ފަރާތުން ނަގަންވާނެއެވެ.
މަޤާމުގެ ޝަރުޠުތަކާއި ތަޖުރިބާތައް:
1. ލިޔަން ކިޔަން އެގުން.
ނުވަތަ
2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލް ކޮށްފައިވުން.
ނޯޓް:
ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:
ނުވަތަ
ނުވަތަ
ހުށަހަޅަންޖެހޭ ލިޔުންތައް:
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 އޭޕްރީލް 2025 (ބުދަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް recruitment@mohe.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓުކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ، 20 އޭޕްރީލް 2025 އިން 22 މޭ 2025 އާއި ދެމެދުއެވެ. އިންޓަވިއު އޮންނަތަން މިމިނިސްޓްރީން އަންގާނެއެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026951 , 3026914 އަށެވެ. އީ-މެއިލް ކުރާނީ recruitment@mohe.gov.mv އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުސޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
10 އޭޕްރިލް 2025