All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
މަޤާމުގެ ޝަރުތު:
ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުން 4 (ހަތަރު) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
· ކުންފުނީގެ ލޮޖިސްޓިކްސްގެ މަސައްކަތްތައް ރާވައި ހިންގުމާއި، ކަނޑައަޅައިފައިވާ ނިޘާމުގެ ތެރެއިން ކުންފުނީގެ ދަތުރުތަށް ކުރަމުންދާ ގޮތް ދުވަހުން ދުވަހަށް ތަފްޞީލުކޮށް ލޮގްކުރުމާއި، ގުޅުންހުރި ރިޕޯޓުތައް ހެދުން؛
· ލޮޖިސްޓިކްސްގެ ސްޓޭންޑާރޑް އޮޕަރޭޓިން ޕްރޮސީޖަރ (އެސް އޯ ޕީ) އަދި ޑިޕާޓުމަންޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ކުންފުނީގެ ވެހިކަލްތައް ބަރާބަރަށް ޗެކްކުރަމުން ގެންދިއުން؛
· ކުންފުނީގެ ޤާނޫނާއި، ސިޔާސަތުތަކާއި އުޞޫލުތައް ތަންފީޒުކުރުމުގައި ޑިޕާރޓުމަންޓުގެ އިސް ވެރިޔާއާއި، ސުޕަވައިޒަރަށް ބޭނުންވާ އެންމެހާ ކަންކަމުގައި އެހީތެރިވެ، އެއްބާރުލުން ދިނުން؛
· ޑިއުޓީ ގަޑީގައި ހުށައެޅޭ ލޮޖިސްޓިކްސްއާއި ގުޅުންހުރި އެންމެހާ ކަންކަން ލޮގުކުރުމާއި އެކަންކަން ގުޅުންހުރި ސްޕަވައިޒަރުންގެ ސަމާލުކަމަށް ގެނައުން؛
· ކުންފުނީގެ ބޭނުންތަކަށް ކުރަންޖެހޭ އެއްގަމު ދަތުރުތަކުގެ އެންމެހާ ކަންތައްތައް ތާވަލް ކުރެވިފައިވާ ގޮތުގެމަތިން ކުރިޔަށް ގެންދިއުމާއި، ވެހިކަލްތައް މަރާމާތު ކުރުމުގެ އެންމެހާ ކަންތައްތަކާއި، އަޅަންޖެހޭ ތެލާއި، (ޑީސަލް، ޕެޓްރޯލް، އަޑީތެޔޮ ޕަވަރ ސްޓިއަރިނގ، ބުރަކި ތެޔޮ، ގިޔަރު ތެޔޮ އަދި ރޭޑިއޭޓަރ ފެން) އެހެނިހެން ބާވަތްތަށް ހަމަޔަށް ހުރިތޯބަލާ ރަނގަޅު ކުރަންޖެހޭ އެންމެހާ ކަންކަން ރަނގަޅުކުރުން؛
· ލޮޖިސްޓިކްސް ގެ ދަތުރުތަކަށާއި، ވެހިކަލްތަކަށް ދިމާވާ ކުދިކުދި މަރާމާތުތަކަށް ޚަރަދުކުރުމަށް ޙަވާލުކޮށްފައިވާ ޕެޓީ ކޭޝް ނަޒާހަތްތެރި ކަމާއިއެކު ޚަރަދުކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލުން؛
· ޑުރައިވަރުން މަދުވާ ޙާލަތުގައާއި، އެނޫންވެސް މުހިންމު ޙާލަތް ތަކުގައި އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރަމުން ކުންފުނީގެ ދަތުރުތައް ބަރާބަރަށް ކުރަމުން ގެންދިއުން؛
· ކޮންމެ ޑިއުޓީގަޑިއެއް ފެށޭއިރު އެ ޑިއުޓީއަކަށް ނުކުންނަ ޑްރައިވަރުން މެދުވެރިކޮށް ކުންފުނީގެ ވެހިކަލްތައް ޗެކް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ ވެހިކަލް އޭރުއޮތް ޙާލަތުދެނެގަނެ ފުރަންޖެހޭ ފޯމުތަކުގައި ވާއެންމެހާ މަޢުލޫމާތު ފުރިހަމަކޮށް ޑްރައިވަރުންގެ ސޮއި ކުރުވާ، ފޯމާއި ޙަވާލުވެ ސޮއިކުރުމަށްފަހު، ވަގުތުން ޙައްލު ކުރެވެން ހުރިމައްސަލަތައް ޙައްލު ކުރުމާއި، ސުޕަވައިޒަރަށް އަންގަންޖެހޭ އެންގުންތައް އަންގަމުން ދިއުން؛
· ކޮންމެ ޑިއުޓީގަޑިއެއް ނިމޭއިރު ޑިއުޓީ ނިންމާ ޑްރައިވަރުންނާއި، އޮފިސަރުންނާއި، ކުރިޔަށް އޮތް ޑިއުޓީއަށް ނުކުންނަ ޑްރައިވަރުންނާއި އޮފިސަރުން ގެ ޙާޟިރުގައި، ކުންފުނީގެ ވެހިކަލްތައް ޗެކްކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ ވެހިކަލް އޭރުއޮތް ޙާލަތުދެނެގަނެ ފުރަންޖެހޭ ފޯމުތަކުގައިވާ އެންމެހާ މަޢުލޫމާތު ފުރިހަމަކޮށް ޑްރައިވަރުންނާއި، އޮފިސަރުން ސޮއިކޮށް ހުރިމައްސަލަތައް ކިޔައިދީ އަލުން ޑިއުޓީ ފަށާފަރާތްތަކަށް ޙަވާލުކުރުން؛
· ލޮޖިސްޓިކްގެ މުވައްޒަފުން މަސައްކަތް ކުރާތަން ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ބޭކާރު ގޮތްނޭނގޭ ތަކެތި ނެރެ ތަރުތީބުކުރުމާއި، ޑިޕާޓުމަންޓުންނާއި، ކުންފުނިން އަންގާ އެންގުންތައް ތަންފީޒުކުރުމާއި، ނޯޓިސްބޯޑު ބެލެހެއްޓުން؛
· ލޮޖިސްޓިކްސްގެ ވެހިކަލްތަކުގެ މަރާމާތަށާއި އެކިކަންކަމަށް ބޭނުކުރާ ތަކެތި ރައްކާކޮށް ބަލަހައްޓާ ގުދަނުގެ އިންވެންޓްރީ ތަފްޞީލުކޮށް ބެލެހެއްޓުމާއި، އިތުރަށް ބޭނުންވާތަކެތި ހޯދުމަށް ސުޕަވައިޒަރުންނަށް ރިކުއެސްޓް ކުރުމާއި، ކޮންމެ މަހަކު އެއްފަހަރު ތަނުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ތަފްޞީލް ސުޕަވައިޒަރުންނަށް ފޮނުވުން؛
· ކުންފުނީގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރަށްފުރާ މީހުންނާއި، ނުވަތަ މާލޭގެ އެކިލޮކޭޝަންތަކަށް ފޮނުވަންޖެހޭ މީހުންނާއި ތަކެތި އުފުލުމަށް ބޭނުންވާ އިންތިޒާމްތައް ރާވާ ހަމަޖެއްސުމާއި، ލޯޑްކުރުމާއި އަންލޯޑްކުރުމުގެ އިންތިޒާމްތައް ރޭވުމާއި، ވެހިކަލް ހަމަޖެއްސުން؛
· ކުންފުނީގެ ޢިމާރާތްތަކުގެ ދިދަ ނެގުމާއި ދިދަ ތިރިކުރުމާއި ދިދަ ބާވެހަލާކުވާނަމަ ސްޕަވައިޒަރުންގެ ސަމާލުކަމަށް ގެނައުން؛
· ކުންފުނީގެ ފަރާތުން ބަލަހަށްޓަންޖެހޭ އެންމެހާ ތަންތަނުގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމުގައި އެހީތެރިވެދިނުމާއި ސެކިއުޓީ އޮފިސަރުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، ކުންފުނީގެ ސެކިޔުރިޓީއާބެހޭ ސިޔާސަތު ތަންފީޒުކުރުމުގައި އެހީތެރިވެދިނުމާއި، އަދި ގުޅުންހުރި ފަރާތްތަކަށް ރިޕޯޓުކުރުން؛
· ކުންފުނީގެ ޢިމާރާތްތަކާއި ގޯތިތެރެއަށް ވަނުން ހުއްދަކުރެވިފައި ނުވާ މީހަކު ވަނަނުދިނުމަށާއި ވަދެގެން އުޅޭކަން އެނގޭނަމަ ސެކިޔުރިޓީ އޮފިސަރުން މެދުވެރިކޮށް ނެރުމާއި އެކަންކަމުގެ ރެކޯރޑް ބެލެހެއްޓުން؛
· ފުރޮންޓް އޮފީސް ހުޅުވާފައިނެތް ގަޑިތަކުގައި އަންނަ މެހުމާނުން ވަދެނިކުމެއުޅުމުގެ ކަންކަން ބެލެހެއްޓުމާއި ސެކިއުރިޓީ އޮފިސަރުންނާއި ގުޅިގެން ވިޒިޓަރސް ފާސް ދޫކުރުމާއި ބަލައިގަތުން؛
· ޑިއުޓީ ގަޑިތަކުގައި އޮފީހުގެ ޢިމާރާތުގައި ބޮޑުކަމެއް ދިމާވެއްޖެނަމަ އެދިމާވާ މައްސަލަތައް ލޮގްކޮށް ސުޕަވައިޒަރަށް ވަގުތުން ރިޕޯޓްކުރަންޖެހޭ ޙާދިސާތައް ރިޕޯރޓްކުރުމާއި، އެކަމަކާ ގުޅޭގޮތުން ވީއެންމެ އަވަހަކަށް ޙަރަކާތްތެރިވުން؛
· ސުޕަވައިޒަރުން އަންގާގޮތުގެމަތިން ލޮޖިސްޓިކް ދަތުރުތަކުގެ ރިޕޯރޓް ތައްޔާރުކޮށް ހުށަހެޅުމާއި، ކުންފުނީގެ ފަރާތުން ކުރާ އެހެނިހެން މަސައްކަތްތަކުގައި ކަމާގުޅޭފަރާތްތަކުން އަންގާގޮތުގެމަތިން ބައިވެރިވުމާއި އެހީތެރިވުން.
· ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރިޔަށް ގެންދިއުމުގާ ބައިވެރިވެ ޢަމަލީގޮތުން ޙަރަކާތްތެރިވުން.
· ކުންފުނީގެއެކި ޑިޕާޓްމަންޓްތަކުން އިންތިޒާމްކުރާ ކަންތައްތަކަށް ކޯޕަރޭޓް ސާވިސް ޑިޕާޓްމަންޓުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ލިބިދިނުމާއި، އެހީތެރިވެދިނުން؛
· ޚާއްޞަ ޙާލަތެއް މެދުވެރި ވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ކުންފުނީގެ މަސައްކަތެއް ކުރުމަށް ޑިޕާޓްމަންޓްގެ ވެރިޔާ ނުވަތަ ސުޕަވައިޒަރު އަންގައިފިނަމަ މި ބަޔާނުގައި ހިމެނިފާ ނުވިނަމަވެސް އެ މަސައްކަތެއް ކުރުން؛
މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްްދެވުމަށް
https://www.gazette.gov.mv/iulaan/218439