All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.
މަޤާމް:
އޮފީސް އެސިސްޓެންޓް، ޖެނެރަލް ސާވިސަސް
ޑިވިޜަން/ ޑިޕާޓްމަންޓް:
އޮޕަރޭޝަންސް / ޖެނެރަލް ސާވިސަސް
ވަޒީފާގެ ބާވަތް:
ދާއިމީ
ވަޒީފާ އަދާކުރަންޖެހޭ ތަން:
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މައި އޮފީސް
މަޤާމުގެ ޝަރުތުތައް:
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުން
ނުވަތަ ވޮކޭޝަނަލް ޓްރެއިނިންގ އަދި 2 އަހަރުގެ މަސައްކަތުގެ ތަޖުރިބާ (ގްރޭޓަރ މާލެ ސަރަޙައްދުގައި ދަތުރު ކުރުމުގެ ތަޖުރިބާ)
· A0، A1 އަދި B1 ކެޓަގަރީގެ ޞައްޙަ ޑްރައިވިންގ ލައިސަންސް އޮންނަންވާނެ
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
· އެއްގަމު އުޅަނދު (ކާރު) އޮޕަރޭޓްކުރުމާއި، އެ އުޅަނދު ބެލެހެއްޓުމާއި ސާފުތާހިރުކޮށް ބޭއްވުމުގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.
· ކުންފުނީގެ ރަސްމީ ދަތުރުތައް ކުރުން.
· އުޅަނދަށް ބޭނުންވާ މަރާމާތުތައް ދެނެގަނެ، ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވުމާއެކު، އުޅަނދަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
· އޮފީހުން އިންތިޒާމުކުރާ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
· އިސްވެ ބަޔާންކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން، ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ނުވަތަ އެހެނިހެން ގޮތްގޮތުން ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް، ކަނޑައެޅޭ މުއްދަތުގެ ތެރޭގައި، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކުރުން.
މުސާރަ:
10،000.00 ރުފިޔާ
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި
ހުށަހަޅަންޖެހޭ ލިޔުންތައް:
· ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
· ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
· ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައި)
· ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
· ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
· ޕޮލިސް ސެޓްފިކެޓް
· ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
· ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް
ސުންގަޑި
05 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 15:00 އަށް
މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 05 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 15:00 ގެ ކުރިން ވަޒީފާއަށް އެދޭ ލިޔެކިއުންތައްjobs@bcc.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި މަގާމްގެ މަސްއޫލިއްޔަތު އަދި ޝަރުތުތައް މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނޯޓް: އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.
މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3305555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.