All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
މަޤާމުގެ ޝަރުތު:
·މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއިން އޮތުން
· ނުވަތަ މަޤާމާގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު މަޤާމާގުޅޭ ދާއިރާއިން (ހަތަރެއް) 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
· ނުވަތަ މަޤާމާގުޅޭ ދާއިރާއިން 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
· މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
· ޕީއެސްއެމްގެ މީސްމީޑިއާ އާއި ޑިޖިޓަލް ޕްލެޓްފޯމުތަކުން އާމުދަނީ ލިބޭނޭ ގޮތްތައް ދެނެގަނެ، ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތީން މީސްމީޑިޔާ އެސެޓްތައް ތައްޔާރުކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންވާ ފަންނީ މަސައްކަތްތައް ކުރުން.
· ބްރޭންޑް އަދި ޕްރޮގްރާމްތަކުގެ ތަފާސް ހިސާބު (ސްޓެޓިސްޓިކަލް އިންފޮމޭޝަން) އަދި ފައިނޭންޝިއަލް މަޢުލޫމާތު ހޯދާ ބެލުން.
· ސޭލްސް އެންޑް މާރކެޓިންގ ގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ (ލައިވް އިންފޯ ޝީޓް، ސަރވިސް އެޕްލިކޭޝަން ފޯމު، ކޯޓޭޝަން ފަދަ) ތަފާތު ލިޔެކިޔުންތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، އެފަދަ ލިޔެކިޔުންތައް ތައްޔާރުކުރުން.
· ޕަބްލިކް ސާރވިސް މީޑިޔާގެ މީސްމީޑިޔާ އެސެޓްތައް މެދުވެރިކޮށް، އެނެލިޓިކް ޑާޓާ ކަލެކްޓްކުރުމާއި، އެކި މުއްދަތުތަކަށް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކުރުން.
· ކުންފުނިން އުފައްދާ އުފެއްދުންތައް އިޝްތިހާރުކުރުމަށާއި، އެ އުފެއްދުންތަކުން އާމުދަނީ ހޯދުމަށާއި، ހާޞިލްވީ މިންވަރު ދެނެގަތުން ފަދަ ބޭނުންތަކަށް ރިޕޯޓް، ޕްރެސެންޓޭޝަން، ޕްރޮޕޯސަލް ފަދަ ތަކެތި ތައްޔާރުކުރުމާއި، މިގޮތަށް ތައްޔާރުކުރާ ލިޔެކިޔުންތަކަށް ފަހިވާނޭހެން އެނެލިޓިކް ޑާޓާގެ ބޭނުން ހިފުން.
· ރޭޑިޔޯ އާއި ޓީވީ ކޮންޓެންޓާއި ކުންފުނީގެ އެކި އުފެއްދުންތަކާއި ޚިދުމަތްތައް ޕްރޮމޯޓްކޮށް މާކެޓްކުރުމަށްޓަކައި ބޭނުންވާ، ޕްލޭން، މާކެޓިންގ ކިޓް ފަދަ ތަކެތި ތައްޔާރުކުރުން.
· ކުންފުނީގެ ބްރޭންޑްތަކުގެ ޑިމާންޑް އަދި ކޮމްޕެޓިޝަން އެނަލައިޒް ކުރުމާއި ރިސާޗް ހެދުން.
· ޕްރޮޑަކްޓްތައް އެންމެ ރަގަޅަށް އާއްމުންނާއި ހިސާބަށް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުން.
· އައު ކްލައިންޓުންނާއި ސްޓޭކްހޯލްޑަރުން ދެނެގަނެ، ކުންފުނީގެ އަމާޒުތަކަށް ވާޞިލްވުމަށް މަގުފަހިވާނޭހެން އެ ފަރާތްތަކާއި ގުޅުން ބަދަހިކުރުން. އަދި މާކެޓް ކުރާނެ ސްޓްރެޓެޖީތަކާއި ޚިޔާލު ދިނުން.
ޖެނެރަލް މަސައްކަތްތައް
· ޚިދުމަތް ލިބިގަންނަ ކްލައިންޓުންނާއި، ސްޓޭކްހޯލްޑަރުންގެ މަޢުލޫމާތު އެއްކޮށް، އަދާހަމަކޮށް ބެލެހެއްޓުން
· ސޭލްސް އެންޑް މާރކެޓިންގ ގެ ބޭނުމަށްޓަކައި އެކިކަހަލަ ޕްރޮމޯޝަނަލް އިވެންޓްތައް ރާވައި ހިންގުން.
· ޙަވާލުކުރެވޭ މަސައްކަތްތަކާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީ ބެލެހެއްޓުމާއި، ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ފައިލްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
· ސޭލްސް އާއި މާކެޓިންގެ ދަށުން ޙަވާލުކުރެވޭ ރޫޓީން މަސައްކަތްތަކާއި ޓާސްކް-ބޭސްޑް މަސައްކަތްތައް ކުރުން.
· ސޭލްސް އާއި މާކެޓިންގެ އެކި މަސައްކަތްތައް ކުރުމަށް އެކުލަވައިލައިފައިވާ އެސް.އޯ.ޕީ ތަކާއި، މި މަސައްކަތްތަކާއި ގުޅުންހުރި ކުންފުނީގެ އެސްއޯޕީތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެއާއި އެއްގޮތަށް އަމަލުކުރުން
· ސޭލްސް އެންޑް މާކެޓިންގ އިން ރާވައި އިންތިޒާމުކުރާ އެންމެހައި އިވެންޓްތަކާއި / ޕްރޮޖެކްޓްތަކާއި ގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، އިވެންޓް / ޕްރޮޖެކްޓްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
· ޑިޕާރޓްމަންޓްގެ މުވައްޒަފަކު ސަލާމް ބުނާ، ނުވަތަ ޗުއްޓީ ނަގާ ހާލަތެއްގައި އެ މުވައްޒެއްގެ ޒިންމާގެ ދަށުގައިވާ މަސައްކަތުގެ ތެރެއިން، ޑިޕާރޓްމަންޓްގެ ހިންގުމާއިޙަވާލުވެ ހުރިފަރާތުން ޙަވާލުކުރާ މަސައްކަތްތައް ކުރުން. މި މަޢުލޫމާތު ސުޕަވައިޒަރާއި ހިއްސާކުރުން.
ވަޒީފާއާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް
· ކުންފުނީގެ ފަރާތުން ހިންގާ އަދި ބައިވެރިވާ ބޮޑެތި ޕްރޮޖެކްޓް ތަކުގައި ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓާއި ޙަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.
· މީގެ އިތުރުން، (މަތީގައި ބަޔާންވެފައި ނުވި ނަމަވެސް) މަސައްކަތާއި / ވަޒީފާއާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްްދެވުމަށް
https://www.gazette.gov.mv/iulaan/220289