މަޤާމުގެ ޝަރުތު:
- މަޤާމާގުޅޭ ދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުން ނުވަތަ،
- މަޤާމާއި ގުޅޭ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ސޯޝަލް މީޑިއާގެ މަންސަތައް ރަނގަޅަށް ދަންނަ އަދި ގައިޑްލައިންސްތަކަށް އަހުލުވެރި މީހަކަށް ވުން.
- ޝެއަރ ކުރާ ކޮންޓެންޓަކީ އިސްލާމް ދީނާ ރާއްޖޭގެ ގާނޫނާއި ޚިލާފު ނުވާ ކޮންޓެންޓެއްތޯ ބަލައި ޔަޤީން ކުރުން.
- ޕީއެސްމެގެ އެކި މަންސަތަކުގެ ސޯޝަލް މީޑިއާ ކޮންޓެންޓް އަޕްލޯޑު ކުރުމާއި ބެލެހެއްޓުން އަދި ޖެހޭ މައްސަލަތައް ޙައްލު ކުރުން.
- ޝެއަރ ކުރާ ޕޯސްޓް ތަކުގެ ތެދު މަޢުލޫމާތު ހޯދައި ދިވެހި ބަހުންނާއި އިނގިރޭސި ބަހުގެ ގަވާއިދާއި ހަމަތަކާ އެއްގޮތަށް ލިޔެ އަޕްލޯޑް ކުރަން އެނގުން.
- ސޯޝަލް މީޑިއާގެ ޕޯސްޓް ތަކަށް އަންނަ ކޮމެންޓްތަކަށް ޖަވާބުދާރީ ވުމުގައި ކުންފުނީގެ ގަވާއިދުތަކާ އުސޫލުތަކުގެ ތެރެއިން ޖަވާބުދާރީ ވުން.
- އާ ޚިޔާލުތަކާއި ޒަމާނީގޮތްތަކުގެ މައްޗަށް ބިނާކޮށް ޕީއެސްއެމްގެ ސޯޝަލް މީޑިއާގެ ހުރިހާ މަންސަ ތަކުގެ ލޭއަޓް ހެދުން.
- ކުންފުނީގެ ކޯޕަރޭޓް ބޭނުންތަކަށާއި އެހެން ޑިޕާޓްމަންޓް ތަކަށް ބޭނުންވާ ގްރެފިކްސް އަދި ޕްރެސެންޓޭޝަން ލޭއައުޓް ޑިޒައިން ކޮށްދިނުން.
- ވީކްލީކޮށް އަދި ޑެއިލީކޮށް އަޕްޑޭޓް ކުރަން ޖެހޭ ޕޯސްޓް ތައް ހަވާލުކުރާ އުސޫލުގެ ތެރެއިން އަޕްލޯޑް ކޮށް އަޕްޑޭޓް ކުރުން .
- އެޗްއޯޑީ ޕްރެސެންޓޭޝަނަށް ބޭނުންވާ ސޯޝަލް މީޑިއާގެ ސްޓެޓިސްޓިކްސް ތައްޔާރު ކޮށްދީ ބެލެހެއްޓުން.
- ސޯޝަލް މީޑިއާ ގައި (ޓީވީ / ރޭޑިއޯ / ނިއުސް ކޮންޓެންޓް) ޕްރޮމޯޓް ކުރުމަށް ބޭނުންވާ ގްރެފިކްސް ޑިޒައިން ކުރުން.
- ސޯޝަލް މީޑިއާ އަށް ބޭނުންވާ ކުދިކުދި ވީޑިއޯ ކްލިޕް / ފޮޓޯ ފަދަ ކޮންޓެންޓް ނަގަން ޖެހޭ ހާލަތްތަކުގައި އަމިއްލައަށް ނަގައި އަޕްލޯޑް ކުރުން.
މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްްދެވުމަށް
https://www.gazette.gov.mv/iulaan/221204