https://www.gazette.gov.mv/iulaan/230135
މަޤާމުގެ ޝަރުތު:
- މަޤާމާގުޅޭ ދާއިރާއަކުން (މަލްޓި މީޑިއާ، ގްރެފިކްސް ޑިޒައިން، ޑިޖިޓަލް އަރޓް ފަދަ) އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުން ނުވަތަ،
- މަޤާމާއި ގުޅޭ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ސޯޝަލް މީޑިއާގެ މަންސަތައް ރަނގަޅަށް ދަންނަ އަދި ގައިޑްލައިންސްތަކަށް އަހުލުވެރި މީހަކަށް ވުން؛
- ޝެއަރ ކުރެވޭ ކޮންޓެންޓަކީ ކުންފުނީގެ ގައިޑްލައިންތަކާ އެއްގޮތަށް އަޕްލޯޑްކުރެވޭ ކޮންޓެންޓެއްކަން ޔަޤީންކުރުން؛
- ސޯޝަލް މީޑިއާ ކޮންޓެންޓް އަޕްލޯޑް ކުރުމާއި ބެލެހެއްޓުން އަދި ޖެހޭ މައްސަލަތަށް ޙައްލުކުރުމާއި ސޯޝަލް މީޑީއާގެ ޕޯސްޓްތަކަށް އަންނަ ކޮމެންޓްތަކަށް ޖަވާބުދާރީވުން؛
- އާ ޙިޔާލުތަކާއި ޒަމާނީގޮތްތަކުގެ މައްޗަށް ބިނާކޮށް ލޭއައުޓް ހެދުން، ކުންފުނީގެ ކޯޕަރޭޓް ބޭނުންތަކަށާއި އެހެން ޑިޕާޓްމަންޓްތަކަށް ބޭނުންވާ ގްރެފިކްސް އަދި ޕްރެޒެންޓޭޝަން ލޭއައުޓް ޑިޒައިންކުރުން؛
- ވީކްލީކޮށް އަދި ޑެއިލީކޮށް އަޕްޑޭޓް ކުރަންޖެހޭ ޕޯސްޓްތައް ވަގުތުންވަގުތަށް އަޕްލޯޑްކޮށް އަޕްޑޭޓްކުރުން؛
- ޕްރެޒެންޓޭޝަންތަކަށް ބޭނުންވާ ސޯޝަލް މީޑިއާގެ ސްޓެޓިސްޓިކްސް ތައްޔާރުކޮށްދީ ބެލެހެއްޓުން؛
- ސޯޝަލް މީޑިއާ ގައި (ޓީވީ/ރޭޑިއޯ/ނިއުސް ކޮންޓެންޓް) ޕްރޮމޯޓް ކުރުމަށް ބޭނުންވާ ގްރެފިކްސް ޑިޒައިން ކުރުން؛
- ސޯޝަލް މީޑިއާ އަށް ބޭނުންވާ ކުދިކުދި ވީޑިއޯ ކްލިޕް / ފޮޓޯ ފަދަ ކޮންޓެންޓް ނަގަން ޖެހޭ ހާލަތްތަކުގައި އަމިއްލައަށް ނަގައި އަޕްލޯޑް ކުރުން.