All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
މަޤާމް
ސީނިއަރ އެކައުންޓްސް އޮފިސަރ
މަޤާމުގެ ރޭންކް
L7 - D3
ބޭނުންވާ އަދަދު
01
ވަޒީފާ އަދާ ކުރަންޖެހޭ ތަން
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
ޑިޕާޓްމަންޓް
ފައިނޭންސް
ވަޒީފާގެ ބާވަތް
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
ރަސްމީ މަސައްކަތު ގަޑި
ހަފްތާއަކު 5 ދުވަހު - ދުވާލަކު 8 ގަޑިއިރު
އަސާސީ މުސާރަ
-/7،900ރުފިޔާ
ސަރވިސް އެލަވަންސް
-/3,000 ރުފިޔާ
އެހެނިހެން އެލަވަންސްތައް:
· އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
· ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ 20% އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
· ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
· އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
· ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
· ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
· މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
މަޤާމުގެ ޝަރުތު:
· މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
· މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ އަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
· މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
· އެކައުންޓިންގ ސޮފްޓްވެއަރ ބޭނުންކުރަން އެނގުން؛
· މައިކްރޮސޮފްޓް އެކްސެލް އަދި ވޯޑަށް ފަރިތަ މީހަކަށްވުން؛
· އިނގިރޭސި އަދި ތާނަ ފަރިތަކަމާއިއެކު ޓައިޕް ކުރަން އެނގުން؛
· މަސައްކަތަށް ފަރުވާތެރި އަމާނާތްތެރި ނަޒާހަތްތެރި މީހެއްކަމުގައިވުން؛
· އެކައުންޓިންގ ޕްރިންސިޕަލް އަދި ފަންޑަމެންޓަލް އަށް އަހުލުވެރިވުން؛
· އެހެން މީހުނާ ގުޅިގެން މަސައްކަތް ކުރެވޭނެ މީހެއް ކަމުގައި ވުން؛
· މަސައްކަތުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ޕްރެޝަރ ހޭންޑަލް ކުރެވޭނެ މީހެއް ކަމުގައިވުން؛
· ފައިސާއާބެހޭ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިވުން އަދި އަތްމަތީ ފައިސާ ގެންގުޅެން އެނގުން؛
· މެނޭޖްމެންޓް ރިޕޯޓުތައް ތައްޔާރުކުރަން އެނގުން؛
· އަނެކާއާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން؛
· ޖީ.އެސް.ޓީ ރިޕޯޓް ތައްޔާރުކުރަން އެނގުން؛
· ފައިނޭންޝިއަލް ރިޕޯޓް އަދި ކޯސްޓިންގ ހަދަން އެނގުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
· ޑިޕާޓްމެންޓަށް ލިބޭ ރިކުއެސްޓްތަކާއި ބަޖެޓް ޕްރޮޕޯޒަލްތައް އެންޓްރީކޮށް ބަލަހައްޓައި ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުން؛
· ފައިސާ ދެއްކުމަށް ޑިޕާޓްމަންޓަށް ލިބޭ އިންވޮއިސްތަކާއި ގުޅޭ ޑޮކިއުމެންޓްސް އެންޓަރ ކޮށް ، ސިސްޓަމް އަޕްޑޭޓްކޮށް ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ޕްރޮސެސް ކުރުން؛
· ފައިސާ ދެއްކުމަށް ޑިޕާޓްމެންޓަށް ލިބޭ އިންވޮއިސްތައް އެކްސެލް އަދި ސޮފްޓްވެއަރ އަށް އެންޓަރކުރުން؛
· ފައިސާ ދެއްކުމަށް ޑިޕާޓްމެންޓަށް ލިބޭ އިންވޮއިސްތަކާއި ގުޅޭ ޑޮކިއުމެންޓްސް އަދި ޕޭމްންޓް ވައުޗަރތައް ފައިލްކޮށް ބެލެހެއްޓުން،
· އެދުވަހެއްގައި ހެދޭ ޕޭމެންޓްތަކުގެ ސްލިޕްތައް އެފަރާތްތަކަށް ފޮނުވުން؛
· އެކި އިދާރާތަކަށް ހުށައަޅަންޖެހޭ ރިޕޯޓް ތައްޔާރުކޮށް ހުށައެޅުން؛
· ދަތުރު އަދި އެހެނިހެން ކަންކަމަށް މުވައްޒަފުންނާއި ޙަވާލުކުރެވޭ ފައިސާގެ ޝީޓްތައް ހަދައި އެންޓްރީ ބެލެހެއްޓުން؛
· ރިކުއެސްޓް / ޕްރޮޕޯޒަލްތަކުގެ ބަޖެޓްބާކީ ބެލެހެއްޓުން؛
· ކުންފުންޏަށް ލިބޭ އާމްދަނީ ފައިސާ ޤަވާއިދުން ބަލައިގަތުން (ޕޭމަންޓް / ސޭލްސް ރިސިޕްޓް ހެދުން)؛
· ބިލިންގއަށް ލިބޭ ޑޮކިއުމެންޓްތައް އެންޓްރީކޮށް ބެލެހެއްޓުން؛
· ކްރެޑިޓަށްދެވޭ ޚިދުމަތްތަކަށާއި މަހުންމަހަށް ހަދަންޖެހޭ ބިލްތައް ޤަވާއިދުން ހަދައި ފޮނުވުން؛
· ޑޮކިއުމެންޓްތައް ފައިލްކުރުމާއި ރަސީދުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން؛
· އެމް.އެމް.އައި އިން ހިންގާ ކޯސްތަކުގެ ފީ ޝެޑިއުލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން؛
· ފައިސާ ހޯދުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކުރިއަށް ގެންދިއުން (ގުޅައި ސްޓޭޓްމެންޓް ފޮނުވުން)؛
· އެސެޓް ނަންބަރ ޖެހުމާއި އިންވެންޓްރީ ބެލެހެއްޓުން؛
· މީގެ އިތުރުންވެސް ސުޕަވައިޒަރ ނުވަތ އެޗް.އޯޑީ އެވަގުތަކު ކުރުމަށް ޙަވާލުކުރާ ޑިޕާޓްމެންޓްގެ މަސައްކަތްކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
· ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
· ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
· މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
· ޕޮލިސް ރިޕޯޓް (4 މަސްނުވާ).
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
· މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
· މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
ސުންގަޑި
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 10 ޖަނަވަރީ 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ recruitment@psm.mv އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
އިތުރު މަޢްލޫމާތު:
މަޢުލޫމާތު ހޯއްދެވުމަށް 3000368 / 3000207 އަށް ގުޅުއްވުން އެދެމެވެ.