މަޤާމުގެ ޝަރުތު:
- މަޤާމާގުޅޭ ދާއިރާއަކު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުން ނުވަތަ،
- މަޤާމާއި ގުޅޭ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- އާ ޚިޔާލުތަކާއި ޒަމާނީގޮތްތަކުގެ މައްޗަށް ބިނާކޮށް ގްރެފިކްސް ތައްޔާރުކޮށްދިނުން
- ކުންފުނީގެ އެކިއެކި ބޭނުންތަކަށް ބޭނުންވާ ޕްރެޒެންޓޭޝަންތަކާއި، ސޯޝަލް މީޑިއަރ ޗެނަލްތައް ޕްރޮމޯޓްކުރުމަށް ބޭނުންވާ ގްރެފިކްސް ޑިޒައިންކުރުން،
- ވީކްލީކޮށް އަދި ޑެއިލީކޮށް އަޕްޑޭޓް ކުރަން ޖެހޭ ޕޯސްޓް ތައް ހަވާލުކުރާ އުސޫލުގެ ތެރެއިން އަޕްޑޭޓް ކުރުން
- އާ އައިޑިޔާތައް އުފެއްދުމާއި އިނޮވޭޓިވް ގޮތްތައް ޑިޒައިން ކުރުމަށް ބޭނުން ކުރުން
- ފަހުގެ ސޮފްޓްވެއަރ ތަކާއި އެއިރެއްގައި ދުނިޔޭގައި މަސައްކަތް ކުރަމުންދާ ޓްރެންޑްތަކަށް އަހުލުވެރިވުން
- ލައިވް/ރެކޯޑްކުރާ ޕްރޮގްރާމްސް އަދި އިވެންޓްތަކުގެ ސީޖީ މަސައްކަތް ކުރުން
- ކެލިގްރާފަރ / ޓައިޓްލް އޮޕަރޭޓަރ / ޖީ - ޗެނަލް އޮޕަރޭޓްކުރުން އަދި ކެލިގްރާފަރ / ޓައިޓްލް އޮޕަރޭޓަރ / ޖީ ޗެނަލް ފައިލް ސެޓަޕްހެދުން.
- ސެކްޝަނުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް މަސައްކަތް ދަސްކޮށް ދިނުމަށް އެހީތެރިވުން
- މަސައްކަތް ކުރުމުގައި ކުންފުންޏަށް އެއްބާރުލުން ދިނުން
ކުއްލި ޙާލަތެއްގައި ދާއިރާއާއި ގުޅުން ހުރި މަސައްކަތެއް ކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަމަށް އެއްބާރުލުން ދިނުން
މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްްދެވުމަށް
https://www.gazette.gov.mv/iulaan/221206