All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
މަޤާމް :
ސީނިއަރ މެނޭޖަރ – ޓްރޭނިންގް އެންޑް ޑިވެލޮޕްމަންޓް
ބޭނުންވާ އަދަދު:
1 ( އެކެއް )
މުސާރައާއި އެލަވަންސް:
1. މުސާރަ: މަހަކު -10,000/-ރުފިޔާ (ދިހަހާސް ރުފިޔާ)
2. ސަރވިސް އެލަވަންސް: މަހަކު -/ 4,500ރުފިޔާ (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ)
3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
އޮފީސް :
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
1. ހިއުމަން ރިސޯރސަސް ދާއިރާއިން ނުވަތަ ބިޒިނަސް އެޑްމިނސްޓްރޭޝަން އިން ބެޗިލާސް ޑިގްރީ ލިބިފައިވުން
2. ހިއުމަން ރިސޯރސް ދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު
1. ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް ދާއިރާގައި މަސައްކަތްކުރުން
2. ޕާރފޯރމަންސް އެޕްރައިސަލް ސިސްޓަމް ހަރުދަނާކޮށް ތަންފިޒުކުރުމުގެ މަސައްކަތްކުރުން
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
· ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތް ކޮށް ތަޖްރިބާ ލިބިފައިވުމުގެ އިތުރުން ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓް އަދި ޕާރފޯރމަންސް އެޕްރައިސަލް އާ ގުޅޭގޮތުން މަސައްކަތު ތަޖުރިބާ ލިބިފައިވުން
· ޕްރެޒެންޓޭޝަން ސްކިލްސްހުރުމާއި އިންހައުސް ޓްރޭނިންގ ޕްރޮގްރާމާތައް ރާވައި ހިންގައި ޑެލިވަރ ކުރުމުގެ ހުނަރު ލިބިފައިވުން
· ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
· ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
· އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
· ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
· އިތުރު ގަޑީގައި މަސައްކަތްކުރަން ޖެހޭ ޙާލަތްތަކުގައިވެސް މަސައްކަތަށް ވަގުތުދެވޭ ފަރާތަކަށްވުން
· ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
· ކުރެވޭ އިންޓަރވިއު އިން ފާސްވުން.
ރަސްމީ މަސައްކަތު ގަޑި:
· ހެނދުނު 08:00 އިން ހަވީރު 15:00 އަށް
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް
1. ވަޒީފާއަށްއެދޭ ފޯމް
2. ވަނަވަރު (ސީވީ)
3. އައިޑީ ކާޑުގެ ކޮޕީ
4. ތަޢުލީމީ ސެޓްފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
5. ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ސުންގަޑި:
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، careers@maldivespost.com އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިންޓަވިއު:
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ވަޒީފާއަށް އެދޭނެ ގޮތް:
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.
https://www.maldivespost.com/media/downloads/job-application-form
އިތުރު މަޢުލޫމާތު:
· މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
· މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555/7924894 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.