All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު:
ސީނިއަރ އޮފިސަރ، ފައިނޭންސް
ޑިޕާޓްމަންޓް:
ކޯޕަރޭޓް ޑިޕާޓްމަންޓް
ބޭނުންވާ އަދަދު:
1 (އެކެއް)
މަޤާމުގެ ގިންތި:
ދާއިމީ
ވަޒީފާ އަދާކުރަން ޖެހޭ ތަން:
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ
އަސާސީ މުސާރަ:
6،750.00 ރުފިޔާ އާއި 7،250.00 ރުފިޔާއާ ދެމެދު
ސަރވިސް އެލަވަންސް:
100.00 ރުފިޔާ އާއި 120.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
ޙާޒިރީ އެލަވަންސް:
180.00 ރުފިޔާ އާއި 190.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
އެހެނިހެން އިނާޔަތްތައް:
މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
· އިންސްޓިޓިއުޓްގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާގޮތަށް އިންސްޓިޓިއުޓްގެ ބަޖެޓާއި ފައިސާއާބެހޭ އެންމެހާ މަސައްކަތްތައް ކުރުން.
· އިންސްޓިޓިއުޓްގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓްގެ އަހަރީ ބަޖެޓު ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ނިންމުން.
· އިންސްޓިޓިއުޓްގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓްގެ ބަޖެޓުން ޚަރަދުކުރުމާއި، އާމްދަނީ ގޮތުގައި އަދި އާމްދަނީ ނޫން ގޮތުގައި އިންސްޓިޓިއުޓަށް ލިބޭ ފައިސާ ބަލައިގަތުމާއި، އިންސްޓިޓިއުޓްގެ އެންމެހާ ފައިސާއާބެހޭ ކަންކަން ބެލެހެއްޓުން.
· އިންސްޓިޓިއުޓްގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންސްޓިޓިއުޓްގެ ޚަރަދު ރިޕޯޓާއި، ތިޖޫރީ ރިޕޯޓާއި، އާމްދަނީ ރިޕޯޓުތަކާއި، މާލީ ހިސާބުތަކާއި އަދި އެހެނިހެން ހިސާބުތައް ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ މުއްދަތުތެރޭގައި ނިންމާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
· އިންސްޓިޓިއުޓް އޮޑިޓްކުރުމުގެ އެންމެހައި މަސައްކަތްތަކުގައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދީ، އޮޑިޓަރުން ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން، ހަރުދަނާކުރަންހުރި ކަންކަން ކުރުން.
· އިންސްޓިޓިއުޓްގެ ހިސާބު ބެލެހެއްޓުމުގެ ނިޒާމު ހިންގާ ބެލެހެއްޓުމާއި، އަދި ހުރިހާ އެންޓްރީތަކެއް ސައްޙަކަމާއެކު ނިޒާމަށް ފާހަގަކުރެވިފައިވާކަން ޔަގީންކުރުން.
· ހުރިހާ މާލީ މުޢާމަލާތްތަކެއް ވަގުތުން ވަގުތަށް ހިސާބު ބެލެހެއްޓުމުގެ ނިޒާމުގައި ސައްޙަކަމާއެކު ރެކޯޑުކުރެވިފައިވާކަން ޔަގީންކުރުން.
· ފައިސާ ދެއްކުމަށް ޕްރޮސެސްކުރުމުގެ ކުރިން، ފައިސާ ދެއްކުމަށް އެދޭ ރިކުއެސްޓްތައް އިދާރާގެ އެތެރޭގެ ސިޔާސަތުތަކާއި އިޖުރާއަތުތަކާ އެއްގޮތްވޭތޯ ބަލައި މުރާޖަޢާކުރުން.
· ޕެޓީ ކޭޝް އަދި އެހެނިހެން އެޑްވާންސްތައް ހިމެނޭގޮތަށް، ބޭންކު އެކައުންޓުތައް ރިކޮންސައިލްކުރުން.
· އައި.އެފް.އާރް.އެސް (ބައިނަލްއަޤްވާމީ މާލީ ރިޕޯޓިންގ މިންގަނޑުތައް) އާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުންވާ ނޯޓުތައް ހިމެނޭގޮތަށް މާލީ ބަޔާންތައް ތައްޔާރުކުރުން.
· ޖީ.އޭ.އޭ.ޕީ ގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރެކޯޑެށް ބެލެހެއްޓުމާއި، ހިސާބު ބެލެހެއްޓުމާއި އަދި ރިޕޯޓު ކުރުމުގެ އެންމެހައި މަރުޙަލާތައް ފުރިހަމަކުރެވިފައިވާކަން ޔަޤީންކުރުން.
· މެނޭޖްމަންޓަށާއި ކައުންސިލަށް މަހުން މަހަށް، ކުއާޓަރުން ކުއާޓަރަށް، އަދި އަހަރުން އަހަރަށް ހުށަހަޅަންޖެހޭ މާލީ އަދި ޤަވާއިދުތަކާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުން.
· އޫޑޫ ސިސްޓަމްއާ އެއްގޮތްވާ ގޮތުގެމަތިން ހުރިހާ ރެކޯޑެއް ބެލެހެއްޓުމާއި ހިސާބު ބެލެހެއްޓުން ފުރިހަމަކުރެވޭކަން ޔަގީންކުރުން.
· އިންސްޓިޓިއުޓްގެ އިންޓާނަލް އަދި އެކްސްޓާނަލް ރިޕޯޓިންގ ކުރުން.
· އިންސްޓިޓިއުޓްގެ އިންޓާނަލް އަދި އެކްސްޓާނަލް އޮޑިޓްތަކަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އެއްކޮށް، މުރާޖަޢާކުރުން.
· އިންސްޓިޓިއުޓްގެ މާލީ ސިޔާސަތުތަކާއި ސެކްޝަންގެ މަސައްކަތްތައް ހިންގުމުގެ މިންގަނޑާއި އުސޫލުތައް އަބަދުވެސް މުރާޖަޢާކުރަމުން ގެންދިއުން.
· އެކަށީގެންވާ އިންޓާނަލް ކޮންޓްރޯލްތައް ތަންފީޒުކުރުމާއި، އަދި ހަރުދަނާ ހިސާބު ބެލެހެއްޓުމާއި، ކޮންޓްރޯލް ފަންކްޝަން ޔަގީންކުރުމަށްޓަކައި އިޖުރާއަތުތައް އެކުލަވާލުން.
· އިންސްޓިޓިއުޓްގެ ބަޖެޓުތައް ތައްޔާރުކުރުމުގައި އެހީތެރިވުމާއި، ބަޖެޓުތަކާ އަޅާބަލާއިރު ޚަރަދުތައް ހުރި މިންވަރު ބެލުން.
· މިނޫންވެސް އިންސްޓިޓިއުޓްގެ ފައިސާއާބެހޭ އެންމެހާ ކަންކަން އިންސްޓިޓިއުޓްގެ ވެރިން ކަނޑައަޅާ ގޮތެއްގެ މަތިން ރާވާ އިންތިޒާމްކުރުން.
· ބޭނުންވެއްޖެ ހިނދެއްގައި އާންމު އިދާރީ މަސައްކަތްތަކުގައި ބައިވެރިވުން.
· މެނޭޖްމަންޓުން ބޭނުންވެދާނެ އެހެނިހެން ގުޅުންހުރި މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުތުތައް:
· މަޤާމާއި ގުޅޭދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ނުވަތަ ACCA ޕްރޮފެޝަނަލް ލެވެލް ނުވަތަ CIMA ސްޓްރެޓެޖިކް ލެވެލް ހާޞިލްކޮށްފައިވުމާއިއެކު، މާލީ ދާއިރާގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
· ACCA ސްކިލްސް ލެވެލް ހާޞިލްކޮށްފައިވުމާއިއެކު، މާލީ ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
· ACCA ގެ 7 ޕޭޕަރު ނިންމާފައިވުމާއިއެކު، މާލީ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
· މަޤާމާއި ގުޅޭދާއިރާއަކުން އެޑްވާންސްޑް ޑިޕްލޮމާ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މާލީ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:
· އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން.
· އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
· މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.
· ވާހަކަދެއްކުމާއި، ލިޔުމާއި އަދި މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
· އޫޑޫ ސިސްޓަމް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ
ލިޔުންތައް:
· ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު"
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
· ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
· އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
· މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" އާއި އެހެނިހެން ލިޔެކިޔުން ހުށަހަޅާނީ 6 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، hr@camaldives.org އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ.
ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.
ޝޯޓްލިސްޓުކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ hr@camaldives.org އަށެވެ.