All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
މަޤާމް :
ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރ
ބޭނުންވާ އަދަދު:
01 (އެކެއް)
މުސާރައާއި އެލަވަންސް:
1. މުސާރަ: މަހަކު 16,500.00 ރުފިޔާ (ސޯޅަހާސް ފައްސަތޭކަ ރުފިޔާ )
2. ސަރވިސް އެލަވަންސް: މަހަކު 4,500.00ރުފިޔާ (ހަތަރުހާސް ފައްސަތޭކަ ރުފިޔާ)
3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
އޮފީސް:
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ޔުނިޓް:
އައިޓީ ޔުނިޓް
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
· އައީޓީ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ، ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު 01 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ
· އައީޓީ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ، ގުޅޭ ދާއިރާއިން ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު 02 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ
· އައީޓީ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ، ގުޅޭ ދާއިރާއިން ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު 04 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން
މަޤާމުގެ މަސްޢޫލިއްޔަތު
· ކުންފުނީގެ އެކިކަންކަމަށް ބޭނުންވާ ސޮފްޓްވެއަރތައް ޑިވެލޮޕްކުރުމާއި އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައްކުރުން
· ކުންފުނީގެ އެކިކަންކަމަށް ބޭނުންކުރާ ސޮފްޓްވެއަރތައް މޮނިޓަރ ކުރުމާއި ބެލެހެއްޓުން
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
· ސޮފްޓްވެއަރ ޑިވެލޮޕް ކުރުމުގެ މަސައްކަތަށް ބޭނުންވާ ކޮލިފިކޭޝަނާއި ތަޖުރިބާ ހުރުން.
· PHP, MySQL, GIT ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
· HTML,CSS3,JavaScript, Bootstrap އަދި JQuery ގެ ބޭސިކް ބޭނުން ކުރުމުގެ ހުނަރު ލިބިފައިވުން.
· PHP Laravel Framework ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން.
· ލިބިފައިވާ ތަޢުލީމާއި ތަމްރީން
· ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
· ކުރެވޭ އިންޓަރވިއު އަދި ޕްރެކްޓިކަލް އިން އެންމެ މަތިން މާކްސް ލިބިފައިވުން
ރަސްމީ މަސައްކަތު ގަޑި:
· ހެނދުނު 8:00 އިން ހަވީރު 15:00އަށް ( އާދިއްތަ – ބުރާސްފަތި )
ހުށަހަޅަންޖެހޭ ލިޔުންތައް:
· ވަޒީފާއަށްއެދޭ ފޯމް
· ވަނަވަރު (ސީވީ)
· އައިޑީ ކާޑުގެ ކޮޕީ
· ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
· ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
· ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ސުންގަޑި:
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 01 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، careers@maldivespost.com އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 01 އޮކްޓޯބަރ 2025 ވާ ބުދަ
ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިންޓަވިއު:
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ވަޒީފާއަށް އެދޭނެ ގޮތް
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. https://www.maldivespost.com/media/downloads/job-application-form
އިތުރު މަޢުލޫމާތު:
· މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
· މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555/7924894 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.