All links to official websites of government agencies in the Republic of Maldives end with .gov.mv.
Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.
މަޤާމު:
ސީނިއަރ ފައިނޭންސް އޮފިސަރ
ބޭނުންވާ ޢަދަދު:
1 (އެކެއް)
މަޤާމުގެ ގިންތި:
ދާއިމީ
ވަޒީފާ އަދާ ކުރަންޖެހޭ ތަން:
ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ
އަސާސީ މުސާރަ:
-/6,500 ރުފިޔާ
މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:
- ސަރވިސް އެލަވަންސް: -/4,500 ރުފިޔާ
- ފޯނު އެލަވަންސް: -/250 ރުފިޔާ
މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
އަސާސީ ޝަރުޠުތައް:
- އެކައުންޓިންގ، ފައިނޭންސް ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތަށް ބާ ކައުންސިލުގެ ބަޖެޓާއި ފައިސާއާބެހޭ އެންމެހާ މަސައްކަތްތައް ކުރުން. އެގޮތުން:
- ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް ބާ ކައުންސިލުގެ ބަޖެޓުން ޚަރަދުކުރުމާއި، އާމްދަނީ ގޮތުގައި އަދި އާމްދަނީ ނޫން ގޮތުގައި ބާ ކައުންސިލަށް ލިބޭ ފައިސާ ބަލައިގަތުމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ބާ ކައުންސިލުގެ އެންމެހޭ ފައިސާއާބެހޭ ކަންކަން ބެލެހެއްޓުން؛
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ ޚަރަދު ރިޕޯޓާއި ތިޖޫރީ ރިޕޯޓާއި އާމްދަނީ ރިޕޯޓުތަކާއި މާލީ ހިސާބުތައް އަދި އެހެނިހެން ހިސާބުތައް ނިންމައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން؛
- އޮފީސް އޮޑިޓްކުރުމުގެ އެންމެހައި މަސައްކަތްތަކުގައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދީ އޮޑިޓަރ ޖެނެރަލް ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން، ހަރުދަނާކުރަންހުރި ކަންކަން ކުރުން؛
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ އަހަރީ ބަޖެޓު ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ނިންމުން؛
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ މާލީ ހިސާބުތައް ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ މުއްދަތުތެރޭގައި އޮޑިޓަރ ޖެނެރަލްއަށް ފޮނުވައި ނިންމުން؛ އަދި
- މިނޫންވެސް ބާ ކައުންސިލުގެ ފައިސާއާބެހޭ އެންމެހާ ކަންކަން އޮފީގެ ވެރިން ކަނޑައަޅާ ގޮތެއްގެ މަތިން ރާވާ އިންތިޒާމްކުރުން.
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް
2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް)
3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
4. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން
5. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި އެބޭފުޅާ ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ)
6. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
7. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް އިސްކަންދެވޭނެއެވެ.
އިތުރު މަޢޫލާމާތު
· މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.
· މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، ޕްރެޒެންޓޭޝަނާ ގުޅޭ ތަފްޞީލް މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މަސައްކަތު 2 ދުވަސް ކުރިން، ޝޯޓްލިސްޓްވީ ފަރާތްތަކަށް އަންގަންވާނެއެވެ.
· ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.
· މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކައުންސިލްގެ ރައީސެވެ.
· ޝޯޓްލިސްޓު ނުކުރެވޭ ފަރާތްތަކަށް ޝޯޓްލިސްޓު ނުކުރެވޭކަން ބާ ކައުންސިލުގެ ފަރާތުން ސަބަބާއެކު އަންގާނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށް، 01 ނޮވެންބަރު 2022 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން.
humanresources@maldivesbarcouncil.org
އީމެއިލް ކުރަށްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.