An official website of the Maldives government.

Links to official Maldives websites end with .gov.mv

All links to official websites of government agencies in the Republic of Maldives end with .gov.mv.

Government websites use the HTTPS protocol for encryption and security.

Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.

MyCareer

Published Date
4 February 2025
Expiry Date
11 February 2025
Salary
MVR 7,035+ (Negotiable)
Employment Type
Full-Time
Vacancies
1
Island
Male'

Details

Salary and Benefits
MVR 7,035+ (Negotiable)
ސަރވިސް އެލަވަންސް މަހަކު 2000 ރުފިޔާ
ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/1969.80 ރުފިޔާ (އަސާސީ މުސާރައިގެ %28). ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރާއިގެ %35 (2203.25ރ)
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ހިދުމަތް
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
Job Description

ފައިނޭންސް ޔުނިޓްގެ އެންމެހާ ކަންތައްތައް ރާވާ ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަމަލީ ގޮތުން މަސައްކަތްތައް ކުރުން. އަދި ބަޖެޓާއި ގުޅިގެން އެހެން ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ޑްރާފްޓްކުރުމާއި ސިޓީ ފޮނުވުމާއި ރެކޯޑް ބެލެހެއްޓުމުގެ ކަންތައް ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ކުރުން.

ސެންޓަރުން ކޮންމެ މީލާދީ އަހަރަކަށް ތައްޔާރުކުރަންޖެހޭ ލަފާކުރާ ބަޖެޓްގެ މަސައްކަތް ސުޕަވައިޒަރގެ އިރުޝާދާއިއެކު ކުރުމާއި ކަޑައެޅިފައިވާ މުއްދަތުގައި މިނިސްޓްރީއަށް ފޮނުވުން އަދި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމުގައި އެހީތެރިވުން.

ސެންޓަރުން ފައިސާ ދައްކަންޖެހޭ ބިލްތަކުގެ މުއްދަތު ހަމަވުމުގެ ކުރިން، ބިލްތަކާއި ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ހަމަތޯ ޗެކްކޮށް، ޕޭމަންޓު ވައުޗަރު ހެއްދުމާއި، އެސް.އޭ.ޕީ ސިސްޓަމުގައި ޕޯސްޓް ކުރުމާއި، ޗެކުހެދިފައިވާ ޑޮކިއުމެންޓްގެ މަޢުލޫމާތު ޗެކް ލިބެންވީ ފަރާތަށް އެންގުނުކަން ޔަޤީންކުރުން. އަދި ޕޭމަންޓް ވައުޗަރު ރެޖިސްޓްރީ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރުކުރުވުން.

ބަޖެޓް ކޮންޓްރޯލް ކުރުމާއި، ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ ކޯޑުތަކުގައި ހުރިކަން ކަށަވަރުކުރުމާއި، ބަޖެޓް ކޯޑުތަކުގެ ބާކީ ބެލެހެއްޓުމާއި ބަޖެޓު ބާކީ ރިޕޯޓު މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ތައްޔާރުކުރުވުން. އަދި އިވެންޓްތަކުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ގެނެވޭ ބަދަލުތަކާއި އެއްގޮތަށް ރީއެލޮކޭޓް ކުރަންޖެހޭ ފައިސާގެ ކަންތައްތައް ބެލެހެއްޓުން.

ރަސްމީ ދަތުރުތަކާއި، ސްކޮލަރޝިޕް  އަދި ޓްރެއިނިންގ ތަކުގައި ރާއްޖެތެރެއަށް އަދި ރާއްޖެއިން ބޭރަށް ފޮނުވާ މުވައްޒަފުންނަށް ދޭންޖެހޭ ދަތުރު ޚަރަދު ދެވެނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލާ ޗެކްކޮށް، ބަނޑޭރި ޕޯޓަލް އިން ފޮނުވާ ދަތުރު ރިކުއެސްޓްތައް ޗެކްކޮށް ދަތުރު ހުއްދަ އަށް ފޮނުވުން. އަދި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ދަތުރު ރިޕޯޓު ތައްޔާރުކުރެވިފައިވޭތޯ ބަލާ ކަށަވަރުކޮށް ފައިލްކުރުވުން.

ސެންޓަރުގެ ފާއިތުވި އަހަރުގެ މާލީ ބަޔާން ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކޮށް، މުއްދަތު ހަމަވުމުގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވޭތޯ ބަލާ ކަށަވަރުކުރުން. އަދި ސެންޓަރުގެ ފައިނޭންޝަލް އޮޑިޓްކުރުމުގެ އެންމެހައި މަސައްކަތްތަކުގައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން، ހަރުދަނާކުރަންހުރި ކަންކަން ސެކްޝަންގެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުންކުރުން.

ބަޖެޓްގެ އައިޓަމްތަކުން ކުރާ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، ހަމަޖެހިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ބެލެހެއްޓުމާއި، ބަޖެޓް ރިޕޯޓް ތައްޔާރުކުރުމާއި، ސެންޓަރުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ޚަރަދުކޮށް ބެލެހެއްޓުމާއި އެކަމާ ބެހޭ އެންމެހާ ލިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައްކުރުން.

ސެންޓަރުގައި ޕެޓީކޭޝްގެ ގޮތުގައި ގެންގުޅޭ ފައިސާ ޚަރަދު ކުރެވެނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށްތޯ ބަލާ ޗެކް ކުރުން. އަދި ފައިސާ ދޫކުރުމުގެ ކުރިން، އެ ޚަރަދަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ހަމަކުރުވާ، ބަރާބަރަށް ފައިލްކުރުވާ ބެލެހެއްޓުން. އަދި ޕެޓީ ކޭޝް ބާކީ ބަލަހައްޓައި ޕެޓީ ކޭޝް ހުސްވުމުގެ ކުރިން  ރިކުއިސްޓްކޮށް ހޯދުން

ސެންޓަރަށް އެކިފަރާތްތަކުން ލިބެންޖެހޭ ފައިސާ ލިބެމުންދޭތޯ ބަލައި ލިބެމުންނުދާނަމަ ސުޕަވައިޒަރގެ މަޝްވަރާގެ މަތިން އަޅަންޖެހޭ ފިޔަވަޅުއެޅުން.

ސެންޓަރުގެ ޓްރަސްޓް ފަންޑްގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުމާއި ޓްރަސްޓް ފަންޑް ބައްދަލުވުމުގެ ޔައުމީއްޔާ ދުވަހަށް ދުވަހަށް ނިންމާކަން ކަށަވަރުކުރުން.

ޔުނިޓްގެ ޔައުމީއްޔާ ދުވަހުން ދުވަހަށް ލިޔަމުންދޭތޯ ކަށަވަރުކުރުން.

ކޮންމެ އަހަރެއް ފެށުމުން ސްޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަޤާމުގެ މައިގަނޑު މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރުމަށްޓަކައި އެއަހަރެއްގެ ޓާގެޓު ރިވިއުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޮނުވުމާއި އެޕްރައިޒަލް ފޯވަހިތެރޭގައި އެ މުވައްޒަފުންގެ އެޕްރައިޒަލް ފުރައި ނިންމުމާއި، ސިވިލް ސަރވިސްގެ ގަވާޢިދުގެ ދަށުން މަސައްކަތްތައް ރިވިއުކުރުން

މިނިސްޓްރީ އަދި ސެންޓަރުން ހިންގާ ރަސްމީ މަސައްކަތްތަކުގައި ބައިވެރިވުމާއި އަދި ވަޒީފާގެ މަސްޢޫލިއްޔާތާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމަތު ފުރިހަމަކޮށް އެޑްމިންއަށް ހިއްސާ ކުރުން

އެހެން ސެކްޝަނެއް ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފި ހާލަތެއްގައި އެ ސެކްޝަން ހިންގުމާއި އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރާ މަސައްކަތްކުރުން.

Requirements and Qualifications

Minimum Experience
2 Years
Minimum Qualification
ބަޗެލާރސް ޑިގްރީ

Documents to Submit

Documents
  • Please Apply from Gazette
  • https://www.gazette.gov.mv/iulaan/326551

Other Information

Employment Types
  • Full-Time
Field of work
  • Business Administration and Law