ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
2 އޮކްޓޫބަރު 2022
ނިމުން ތާރީޚް
9 އޮކްޓޫބަރު 2022

އެސިސްޓަންޓް ޓްރެއިނީ މުއްދަތު ހަމަވެފައި

LONUMEDHU MAGAZINE
މުސާރަ
ރުފިޔާ 4,000 - ރުފިޔާ 4,000
ވަޒީފާގެ ބާވަތް
ޕާރޓްޓައިމް
ހުސް ވަޒީފާތައް
1
ޖަމިއްޔާ
މާލެ

ތަފްސީލް

މުސާރައާއި އިނާޔަތްތައް
ރުފިޔާ 4,000 - ރުފިޔާ 4,000
ވަޒީފާގެ ތަފްސީލް

މަސައްކަތުގެ ވަގުތު: 10:00-14:00 އާސީއްތަ-ބުރާސްފަތި

ވަޒީފާގައި އުފުލަން ޖެހޭ ޒިންމާތަކާއި އަދާކުރަންޖެހޭ ދައުރުތައް:

  • ލޮނުމެދުގެ ޓެސްޓް ކިޗަން ޓީމާއިއެކު ރެސިޕީ ދިރާސާކޮށް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން
  • ގަންނަންވީ ތަކެތީގެ ލިސްޓް ތައްޔާރު ކުރުމާއި އެތަކެތި ލިބުމުން އެތަކެތި ލާން ޖެހޭ ތަންތަނަށް ލުން
  • ރެސިޕީ ޓެސްޓް ކުރުމާއި ރެސިޕީތަކުގެ ފޮޓޯނެގުމުގެ ޙަރަކާތުގައި ޓީމަށް އެއްބާރުލުން ދިނުން
  • ޕޭންޓްރީ ބެލެހެއްޓުން
  • ޓެސްޓް ކިޗަން ސާފު ތާހިރު ކޮށް ބެހެއްޓުން
  • ރިސީޓް ހެދުން، އިންވޮއިސް ތައްޔާރުކުރުމާއި ފައިލް ކުރުން ފަދަ އިދާރީ މަސައްކަތްތައް ކުރުން
  • މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން

ކެންޑިޑޭޓުންގެ ކިބައިން ފެންނަން އެދޭ ސިފަތައް:

  • ކާބޯތަކެއްޗަށް ޝައުގުވެރިކަން ހުރުން
  • މީހުންނާއި ގުޅިގެން އުޅެން އެނގުމާއި، އިތުބާރު ކުރެވޭނެ ފަދަ މީހަކަށް ވުމާއި، ވަގުތަށް ފަރުވާތެރި މީހަކަށްވުން
  • ގޭގައި ކާބޯތަކެތި ތައްޔާރު ކޮށް އުޅުމުގެ ތަޖުރިބާ ހުރުން
  • މައްސަލަ ޙައްލުކުރަން އެނގުމާއި އާކަންކަން ދަސްކުރުމުގެ ޤާބިލްކަން ހުރުން
  • އެކަނިވެސް އަދި ޓީމާއި އެކުގައިވެސް ފުރިހަމައަށް މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
  • ކާބޯތަކެތީގެ ރަހައަށް ފާޑުކިޔަން އެނގުމާއި ފާޑުކިޔުން ރައްދުވުމުން އެކަން ބަލައިގަތުމުގެ ޤާބިލްކަން ހުރުން
  • މައިކްރޯސޮފްޓް ވަރޑް އަދި އެކްސެލް ބޭނުން ކުރަން އެނގުން
  • ޓީމްގެ ލާބައަށް މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުމާއި ޓީމް މެމްބަރުންނަށް އެހީތެރިވެދޭން ފަސްނުޖެހުން
  • ސުންގަޑިތަކަކަށް ބަލައިގެން ހަލުވިކަމާއިއެކު މަސައްކަތް ކުރަން ޖެހޭ މާޙައުލެއްގައި ހަވާލު ކުރެވޭ އެކި މަސައްކަތްތައް ކާމިޔާބު ކަމާއިއެކު ކުރެވޭނެ ކަމުގެ ޔަޤީންކަން އޮތުން

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް

ލިޔެކިޔުންތައް
  • ސީވީ
  • އައިޑީ ކާޑް ކޮޕީ
  • ޕާސްޕޯޓް ސައިޒް ފޮޓޯ (ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ނަގާފައި)

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތްތައް
  • ޕާރޓްޓައިމް
މަސައްކަތުގެ ދާއިރާ
  • Arts and Humanities
  • Social Sciences, Journalism and Information
ހުނަރުތައް
  • އެޑެޕްޓެބިލިޓީ
  • އިފެކްޓިވް ޓީމްވޯކް
  • ފްލެކްސިބިލިޓީ އަދި އެޑެޕްޓެބިލިޓީ
  • ކާބޯތަކެތި އުފެއްދުން
  • މައްސަލަ ހައްލުކުރުން
  • ރެކޯޑް ކީޕިންގ
  • ޓީމްވޯކް
  • ޓީމްވޯކް / ކްލަބޮރޭޝަން