ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓެއް.

ދިވެހި ސަރުކާރުގެ ރަސްމީ ވެބްސައިޓްތަކުގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުގެ އިދާރާތަކުގެ ހުރިހާ ރަސްމީ ވެބްސައިޓްތަކެއްގެ ލިންކް ނިމޭނީ .gov.mv އިންނެވެ.

ސަރުކާރުގެ ވެބްސައިޓްތަކުގައި ސެކިއުރިޓީއާއި ރައްކާތެރިކަމަށް ބޭނުންކުރާނީ HTTPS ޕްރޮޓޮކޯލްއެވެ.

ދިވެހިރާއްޖޭގެ ރައްކާތެރި ވެބްސައިޓްތަކުގައި ޓްރެފިކް އެންކްރިޕްޓްކޮށް ބޭނުންކުރާ ފަރާތްތައް ރައްކާތެރިކުރުމަށް ބޭނުންކުރަނީ HTTPS އެވެ.

މައިކެރިއަރ

އިތުރަށް އެއްބައި ބަލާލަން ތާރީޚް
7 ސެޕްޓެންބަރު 2021
ނިމުން ތާރީޚް
13 ސެޕްޓެންބަރު 2021
މުސާރަ
ރުފިޔާ 7,000+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
ހުސް ވަޒީފާތައް
3
ޖަމިއްޔާ
މާލެ

ތަފްސީލް

މުސާރައާއި އިނާޔަތްތައް
ރުފިޔާ 7,000+ (ވާހަކަދައްކައިގެން ގޮތެއް ނިންމޭނެ)
ވަޒީފާގެ ތަފްސީލް
ކޮވިޑް-19 އިމަރޖެންސީ ސަޕޯޓް ޕްރޮޖެކްޓުގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް ސަޕޯޓް ސްޓާފުން ހޯދުމަށް  

ކޮވިޑް-19 އިމަރޖެންސީ ސަޕޯޓް ޕްރޮޖެކްޓުގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް ސަޕޯޓްސްޓާފުން ހޯދުމަށް

ދިވެހިސަރުކާރުން ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭގޮތުން ކުރިއަށްގެންދާ ކޮވިޑް-19 އިމަރޖެންސީ ސަޕޯޓް ޕްރޮޖެކްޓުގެ އިދާރީ މަސައްކަތަށް އެހީތެރިވުމަށް ސަޕޯޓް ސްޓަފުން ބޭނުންވެއެވެ. އެގޮތުން ސްޓާފުންގެ ގޮތުގައި ޖުމްލަ 3 ފަރާތެއް ނެގުމަށް ހަމަޖެހިފައިވެއެވެ.

 

މާޤާމުގެ ނަން:

 ސަޕޯޓް ސްޓާފް

ޢަދަދު: 3

ތަޢުލީމީ ފެންވަރު:  އޭލެވެލް އިންތިހާނުން ތިން މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، 'ހަޔަރ ސެކަންޑަރީ ސެޓްފިކެޓް' އިމްތިހާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

ޝަރުތު: 

- އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން.

- ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- ކޮމްޕިއުޓަރ އަދި އިންޓަރނެޓްގެ ވަސީލަތްތަކަށް އަހުލުވެރި އަދި އެ ވަސީލަތްތައް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތެއްކަމުގައިވުން.

- ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމާއި ޓައިޕްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

- މަސައްކަތަށާއި ވަގުތަށް ފަރުވާ ބަހައްޓައިގެން މަސައްކަތްކުރެވޭ ފަރާތެއްކަމުގައިވުން.

(ނޯޓް: ވޮލަންޓިއަރުން އިޚްތިޔާރުކުރުމުގައި އިދާރީ މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި، އިންކަމް ސަޕޯޓް އެލަވަންސް ޕްރޮގްރާމުގައި ކުރިން އުޅެފައިވާ ފަރާތްތަކާއި،  ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)  

މައިގަނޑު މަސްއޫލިއްޔަތުތައް: 

- ކޮވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ކޮމްޕޮނެންޓްI  އަދި ކޮމްޕޮނެންޓް II ގެ އިދާރީ ކަންކަންކުރުން.

- އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވާ މަޢުލޫމާތުތަކުގެ "ޑޭޓާ ކްލީނިންގ" ގެ މަސައްކަތްކުރުން

- ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ނިންމުމާއި ހަވާލުވެ ހުންނަ ސުޕަވައިޒަރ އަށް ރިޕޯޓްކުރުން.

- އިންކަމް ސަޕޯޓް އެލަވަންސް އަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، އެ މަޢުލޫމާތުތައް ރައްކާތެރިކަމާއި އަމާނާންތެރިކަމާއެކު ބެލެހެއްޓުން.

އެލަވަންސް:  މަހަކު -/7000 ރުފިޔާ

ސުންގަޑި:  13 ސެޕްޓެމްބަރ 2021، 12:00 ގެ ކުރިން

 

އިންކަމް ސަޕޯޓް އެލަވަންސް ގެ މަސައްކަތަށް ވޮލަންޓިއަރ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނު ގެޒެޓުކުރެވޭތާ 5 ދުވަސް ތެރޭގައި މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ 'ސަޕޯޓް ސްޓާފް އިންފޮމޭޝަން ފޯމް' ފުރިހަމަ ކުރެއްވުމަށްފަހު، ތިރީގައިވާ ލިޔެކިޔުންތަކާއެކު މި މިނިސްޓްރީގެ އީމެއިލް recruitment@trade.gov.mv އަށް ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންވީ ލިޔެކިޔުންތައް: މަޢުލޫމާތު ފޯމް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު، ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކުގެ ކޮޕީ (ސަނަދުތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖަހާފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00-14:00 ދެމެދު މިނިސްޓރީގެ ރިސެޕްޝަން ގެ ނަންބަރު 3323668 ގުޅުއްވައި ނުވަތަ recruitment@trade.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. 07 ސެޕްޓެންބަރު 2021

 

ޝަރުޠުތަކާއި ކޮލިފިކޭޝަންތައް

އެންމެ މަދު ތަޖުރިބާ
ބުނެފައެއް ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް

ލިޔެކިޔުންތައް
  • މަޢުލޫމާތު ފޯމް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަނަވަރު
  • ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކުގެ ކޮޕީ (ސަނަދުތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖަހާފައި)
  • ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ