An official website of the Maldives government.

Links to official Maldives websites end with .gov.mv

All links to official websites of government agencies in the Republic of Maldives end with .gov.mv.

Government websites use the HTTPS protocol for encryption and security.

Secure websites in the Republic of Maldives use HTTPS to encrypt traffic and protect users.

MyCareer

Published Date
7 September 2021
Expiry Date
13 September 2021
Salary
MVR 7,000+ (Negotiable)
Vacancies
3
Island
Male'

Details

Salary and Benefits
MVR 7,000+ (Negotiable)
Job Description
ކޮވިޑް-19 އިމަރޖެންސީ ސަޕޯޓް ޕްރޮޖެކްޓުގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް ސަޕޯޓް ސްޓާފުން ހޯދުމަށް  

ކޮވިޑް-19 އިމަރޖެންސީ ސަޕޯޓް ޕްރޮޖެކްޓުގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް ސަޕޯޓްސްޓާފުން ހޯދުމަށް

ދިވެހިސަރުކާރުން ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭގޮތުން ކުރިއަށްގެންދާ ކޮވިޑް-19 އިމަރޖެންސީ ސަޕޯޓް ޕްރޮޖެކްޓުގެ އިދާރީ މަސައްކަތަށް އެހީތެރިވުމަށް ސަޕޯޓް ސްޓަފުން ބޭނުންވެއެވެ. އެގޮތުން ސްޓާފުންގެ ގޮތުގައި ޖުމްލަ 3 ފަރާތެއް ނެގުމަށް ހަމަޖެހިފައިވެއެވެ.

 

މާޤާމުގެ ނަން

 ސަޕޯޓް ސްޓާފް

ޢަދަދު

 3

ތަޢުލީމީ ފެންވަރު

 އޭލެވެލް އިންތިހާނުން ތިން މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، 'ހަޔަރ ސެކަންޑަރީ ސެޓްފިކެޓް' އިމްތިހާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

ޝަރުތު:

 

- އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން.

- ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- ކޮމްޕިއުޓަރ އަދި އިންޓަރނެޓްގެ ވަސީލަތްތަކަށް އަހުލުވެރި އަދި އެ ވަސީލަތްތައް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތެއްކަމުގައިވުން.

- ދިވެހިބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމާއި ޓައިޕްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

- މަސައްކަތަށާއި ވަގުތަށް ފަރުވާ ބަހައްޓައިގެން މަސައްކަތްކުރެވޭ ފަރާތެއްކަމުގައިވުން.

(ނޯޓް: ވޮލަންޓިއަރުން އިޚްތިޔާރުކުރުމުގައި އިދާރީ މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި، އިންކަމް ސަޕޯޓް އެލަވަންސް ޕްރޮގްރާމުގައި ކުރިން އުޅެފައިވާ ފަރާތްތަކާއި،  ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)  

މައިގަނޑު މަސްއޫލިއްޔަތުތައް:

- ކޮވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ކޮމްޕޮނެންޓްI  އަދި ކޮމްޕޮނެންޓް II ގެ އިދާރީ ކަންކަންކުރުން.

- އިންކަމް ސަޕޯޓަށް އެދި ހުށަހަޅާފައިވާ މަޢުލޫމާތުތަކުގެ "ޑޭޓާ ކްލީނިންގ" ގެ މަސައްކަތްކުރުން

- ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ނިންމުމާއި ހަވާލުވެ ހުންނަ ސުޕަވައިޒަރ އަށް ރިޕޯޓްކުރުން.

- އިންކަމް ސަޕޯޓް އެލަވަންސް އަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، އެ މަޢުލޫމާތުތައް ރައްކާތެރިކަމާއި އަމާނާންތެރިކަމާއެކު ބެލެހެއްޓުން.

އެލަވަންސް:

 މަހަކު -/7000 ރުފިޔާ

ސުންގަޑި

 13 ސެޕްޓެމްބަރ 2021، 12:00 ގެ ކުރިން

 

އިންކަމް ސަޕޯޓް އެލަވަންސް ގެ މަސައްކަތަށް ވޮލަންޓިއަރ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނު ގެޒެޓުކުރެވޭތާ 5 ދުވަސް ތެރޭގައި މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ 'ސަޕޯޓް ސްޓާފް އިންފޮމޭޝަން ފޯމް' ފުރިހަމަ ކުރެއްވުމަށްފަހު، ތިރީގައިވާ ލިޔެކިޔުންތަކާއެކު މި މިނިސްޓްރީގެ އީމެއިލް recruitment@trade.gov.mv އަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންވީ ލިޔެކިޔުންތައް: މަޢުލޫމާތު ފޯމް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު، ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކުގެ ކޮޕީ (ސަނަދުތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖަހާފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00-14:00 ދެމެދު މިނިސްޓރީގެ ރިސެޕްޝަން ގެ ނަންބަރު 3323668 ގުޅުއްވައި ނުވަތަ recruitment@trade.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

07 ސެޕްޓެންބަރު 2021

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • މަޢުލޫމާތު ފޯމް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަނަވަރު
  • ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކުގެ ކޮޕީ (ސަނަދުތަކުގެ ކޮޕީ އަސްލާއެއްގޮތްކަމުގެ ތައްގަނޑުޖަހާފައި)
  • ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ